ކައިވެނި ހަލާލު ނޫން ދެ މީހަކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި

ނ. މަނަދޫގައި ކައިވެނި ހަލާލު ނޫން ދެ މީހަކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އެކަހެރި ތަނެއްގައި ތިބެ ދެ މީހަކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ އަންހެނަކާއި 45 އަހަރުގެ ފިރިހެނެކެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަދުއަހުލާގީ އަމަލު ހިންގައިގެން ހައްޔަރު ކޮށްފައިވާ ފިރިހެން މީހާއަކީ 28 އަހަރުގެ އަންހެން މީހާގެ ބޮޑުބޭބެ އެވެ. އެ ދެ މީހުންގެ ބަންދަށް މުއްދަތު ޖަހަން ގެންދާނީ މިއަދު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު