އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މަނަދޫން ބަންގުލަދޭޝް މީހަކު ހައްޔަރުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހަކާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ނ. މަނަދޫން ބަންގުލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އެއްޖިންސުން މީހަކާ އެކު ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އުމުރުން 26 އަހަރުގެ ބަނގުލަދޭޝް މީހަކު މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަން އުޅޭ އެމީހާ ހައްޔަރުކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 22 އަހަރުގެ ކުއްޖަކާ ބެހިގެންނެވެ.

އަދި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް އެ އަތޮޅު މިލަދޫ ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު