އޭޝިއަން ގޭމްސް: އީރާން އަތުންވެސް ފިރިހެން ވޮލީ ޓީމު ބަލިވެއްޖެ

ކޮރެއާގެ އިންޗިއޯންގައި މިހާރު ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ވޮލީބޯޅަ ޓީމު އިވެންޓުގައި ރާއްޖެ ކުޅުނު ފަހުމެޗުގައި އީރާނާއި ބައްދަލު ކޮށް ތިން ސެޓުން ބަލިވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ސެޓު 15 ޕޮއިންޓުގެ ބޮޑު ތަފާތަކުން ރާއްޖެއަށް ގެއްލުނު ނަމަވެސް ފަހު ދެ ސެޓުގައި ރާއްޖޭ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ތަފާތު ކުޑަކޮށްފައެވެ.

އީރާނުން މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 10-25 އިންނެވެ. ދެވަނަ ސެޓު ގެންގޮސްފައިވަނީ 19-25 ނެވެ. އަދި ފަހު ސެޓު އީރާން ގެންގޮސްފައިވަނީ 21-25 އިންނެވެ.

އެއްގަޑިއިރާ ދެ މިނެޓަށް ދިގުދެމިގެން ދިޔަ މެޗުން ރާއްޖެއަތުން މޮޅުވި އިރާން ޓީމަކީ ދުނިޔޭގެ ހަވަނައަށް އެންމެ މޮޅު ވޮލީ ޓީމެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅުނު ހުރިހާ މެޗަކުން ބަލިވެ ގްރޫޕް ތާވަލުގެ ފުލަށް ދިޔައިރު އިރާން ގްރޫޕް ސްޓޭޖް ނިންމައިލީ ތާވަލުގެ އެންމެ ކުރީގައި އޮވެއެވެ. އަދި މި ގްރޫޕުގެ ދެވަނަ ހޯދީ އިންޑިޔާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު