އޭޝިއަން ގޭމްސް:
100 މީޓަރުގެ ދުވުމުން ސާއިދު ސެމީއަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، މިހާރު ކުރިއަށްދާ 17 ވަނަ އޭޝިޔަން ގޭމްސްގެ 100 މީޓަރު ދުވުމުން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ސާއިދު މި ރޭސް ނިންމާފައިވަނީ 10.50 ސިކުންތުންނެވެ. އަދި ރޭހުގެ ހަތަރު ވަނައަށް އޭނާ ގޮސްފައިވާއިރު މި ރޭސް ނިންމި ޓައިމިންއާއެކު ސާއިދު ވަނީ ފަސް ވަނަ ފަހަރަށް ގައުމީ ރެކޯޑު އާ ކޮށްފައެވެ.

ކޮރެއާގެ އިންޗިއޯންގައި ކުރިއަށްދާ މި މުބާރާތުގެ 100 މީޓަރު ދުވުމުން ތިންވަނަ ހީޓުގެ އެއްވަނައަށް ގޮސްފައިވަނީ ޖަޕާންގެ ޓަކާސެއި ކެއި އެވެ. ދެވަނައަށް ކޮރެއާގެ ކިމް ކުކްޔަންގް ގޮސްފައިވާއިރު ތިންވަނައަށް ގޮސްފައިވަނީ އީރާންގެ ގަސޭމީ ރެޒާއެވެ. އެއްވަނައަށް ދިޔަ ކެއި ހީޓު ނިންމާލާފައި ވަނީ 10.21 ސިކުންތުގެ ތެރޭގައެވެ.

މާދަމާ ސެމީފައިނަލްގައި ސާއިދު ވާދަ ކުރާނެއެވެ. ސެމީ ފައިނަލުގައި 16 ދުވުންތެރިން ދެ ހީޓެއްގައި ދުވާނެ އެވެ. ފައިނަލަށް ހޮވޭނީ އަށް ދުވުންތެރިންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު