ޓީއެމްއޭ ދެވަނަ ވޮލީބޯޅަ މުބާރާތް މިއަދު ފަށައިފި

ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ މުވައްޒަފުންގެ މެދުގައި ކުޅޭ ދެވަނަ ވޮލީބޯޅަ މުބާރާތް މިއަދު ފަށައިފި އެވެ.

މިއަދު ހަވީރު 5:30ގައި ޓީއެމްއޭގެ ވޮލީ ކޯޓުގައި މުބާރާތް ފެށުމުގެ ގޮތުން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

މި މުބާރާތުގައި ޖުމްލަ 14 ޓީމަކުން ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށްދަނީ 14 ޓީމް ދެ ގްރޫޕް އަކަށް ބަހާލައިގެން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެބުރު ކުޅޭ ގޮތަަށެވެ. އަދި ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމޭއިރު ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ތިންޓީމް އަނެއްބުރަށް ދަތުރުކުރާ ގޮތަށެވެ.

މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ ބުރުގެ މެޗުތައް އޮކްޓޫބަރު މަހުގެ 14 ގެ ނިޔަލަށް ނިމޭއިރު ދެވަނަ ބުރުގެ މެޗުތައް އަންނަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ނިމޭނެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 25 ވަނަ ދުވަހުއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު