"އިންސާނާ" އޮލިމްޕަސްގައި ޕްރިމިއާ ކުރުމާ އެކު ޝްވެކް އަށް!

ދިވެހި ފިލްމް "އިންސާނާ" މިރޭ އޮލިމްޕަސްގައި ޕްރިމިއާ ކުރުމާ އެކު ޝްވެކް ސިނަމާ (ކުރީގެ އެތީނާ) ގައި ވެސް އަޅުވާގޮތަށް ހަމަޖައްސައިފި އެވެ.

ސީޒަނަލް މޫވީސްގެ އުފެއްދުމެއް ކަމުގައިވާ "އިންސާނާ" އޮލިމްޕަސްގައި މިރޭ 9:00 ގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ ޝޯ އޮލިމްޕަސްގައި އޮންނާނީ މިރޭ 11:00 ގަ އެވެ. މާދަމާ ރޭވެސް 09:00 ގައި އަދި 11:00 ގައި އެފިލްމު އެޅުމަށްވަނީ ހަމަޖެހިފަ އެވެ.

އޮލިމްޕަސްގެ އިތުރުން ޝްވެކް (ކުރީގެ އެތީނާ) ސިނަމާގައި ވެސް މިރޭ 11:00 ގައި މި ފިލްމް އަޅުވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ސީޒަނަލް މޫވީސްގެ ފަރާތުން ބުނީ މި ފިލްމްގެ ޕްރިމިއާ ކުރާ ޝޯ ފުލްވެފައިވާއިރު ޝްވެކްގައި ފިލްމް އެޅުވުމަށް ނިންމީ ފިލްމަށް އާއްމުންގެ ފަރާތުން ލިބެމުން އަންނަ ތަރުހީބަށް ބަލައިފައި ކަމަށެވެ.

"ޝްވެކް ސިނަމާގައި މިރޭ އަޅުވާ ޝޯ ވެސް ވަނީ ގާތްގަނޑަކަށް ފުލްވެފައޮ،" ސީޒަނަލް މޫވީސްގެ އިން ބުންޏެވެ.

ދިވެހި ފިލްމް "އިންސާނާ" ގެ ތަރީންގެ ގޮތުގައި ފިލްމްގެ ޑައިރެކްޓަރު ސީޒަންގެ އިތުރުން އައިޝަތު ރިސްމީ އާއި ފާތުމަތު ފަރީލާ ވެސް ހިމެނެ އެވެ.

އިނގިރޭސި ވާހަކައެއްގެ އަސްލަށް ބިނާކޮށްގެން އުފައްދާފައިވާ މި ފިލްމަކީ ސައިކޮލޮޖިކަލް ތްރިލާއެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފިލްމެކެވެ. އަދި މުޅި ފިލްމްގައި ވެސް ފެނިގެންދާނީ މީހަކު މަރާލުމަށް ފަހު ގާތިލަކު ސަލާމަތްވާންވެގެން އޭނާ ކުރާ މަަސައްކަތްތަކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު