ފޭދޫ ބައި އިލްކްޝަން ކާމިޔާބުވުމަކީ އެމްޑީޕީ އެނބުރި އަންނަ ކަމުގެ ދަލީލެއް: އަލީ ވަހީދު

އިއްޔެ ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީ އަށް ކާމިޔާބު ކުރެވުމަކީ އެމްޑީޕީ އެނބުރި އެބަ އަންނަ ކަމުގެ އަލިގަދަ ދަލީލެއް ކަަމަށް އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ އީއްޔެ އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ބައި އިލެކްޝަން އެ ޕާޓީ އަށް ކާމިޔާބު ކުރެވުމަކީ ޕީޕީއެމް ސަރުކާރުގެ މައްޗަށް އެ ޕާޓީ އަށް ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"އަޅުގަނޑުދެކޭ ގޮތުގައި އީއްޔެއަކީ އަނެއްކާވެސް އެމްޑީޕީ އެނބުރި އެބަ އަންނަ ކަމުގެ އަލިގަދާ ދަލީލެއް ފެނިގެންދިޔަ ދުވަހެއް. ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން އަޅުގަނޑުމެންނަށް ދިވެހި ސަރުކާރުގެ މައްޗަށް ކާމިޔާބް ހޯދިގެން މިދިޔައީ" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ އިއްޔެ އައްޑޫ ސިޓީ ފޭދޫގައި ބޭއްވި އިންތިޚަބަކީ ވަރަށް މުހިންމު ބޮޑު އިންތިހާބެއް ކަަމަށާއި އެ އިންތިހާބަށް ޕީޕީއެމް އަށް ފޯކަސް ނުކުރެވުނީ އެ ޕާޓީ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުޅޭތީ ކަމަށެވެ.

"ހަގީގަތުގައި އީއްޔެ ބޭއްވިގެން ދިޔައީ ވަަރަށް ބޮޑު އިންތިހާބެއް. ގަގީގަތުގައި ޕީޕީއެމް އަށް އިންތިޚާބަށް ފޯކަސް ނުކުރެވުނީ ޕީޕީއެމް ތެރޭގައި ބޮޑެތި މައްސަލަތަކެއް އުޅޭތީ. ޕީޕީއެމް ހިންގަނީ ދެތިން މީހުން. އެ ބޭފުޅުންނަކަށް ނޭނގޭ އެ ބޭފުޅުންގެ ނައިބް ރައީސްވީތަނެއް. ކެބިނެޓްވީތަނެއް. ޕާޓީގެ ލީޑަރު ޒައީމް ވީތަނެއް. އަޅުގަނޑުމެމް އަބަދުވެސް ދަންނަވަން ޕީޕީއެމް އަކީ ފިކުރެއް ނޫނޭ އެއީ ޒަޢާމަތެކޭ" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ އިއްޔެގެ އިންތިޚާބަކީ މިހާތަނަށް ފޭދޫއިން އެ ޕާޓީ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. އެހެން ކަމުން އެ ކާމިޔާބީ ފާހަނގަކުރުމަށްޓަކައި މިހަފްތާޔެރޭގައި މާލޭ އާއި އައްޑޫ ސިޓީގައި އެ ޕާޓީގެ ލީޑާޝިޕް ބައިވެރިވާ ބޮޑެތި ހަރަކާތްތަކެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު