އެކްސިޑެންޓްވި ޓޫރިސްޓު މީހާ ލަންކާ އަށް ފޮނުވާލަައިފި

މާލޭގައި އިއްޔެ ހިނގި އެކްސިޑެންޓްގައި އަނިޔާވި ޗައިނާގެ މީހާ އިތުރު ފަރުވާ އަށް ސްރީލަންކާ އަށް ފޮނުވާލައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލު މިއަދު ސަން އަށް ވިދާޅުވީ އެ އެކްސިޑެންޓްގައި އަނިޔާވި 50 އަހަރުގެ މީހާ ސްރީލަންކާ އަށް ފޮނުވާލާފައި ވަނީ ރޭ ގެ ވަގުތެއްގައި ކަމަށެވެ. އަދި އޭނާ ރާއްޖެ އިން ބޭރަށް ފޮނުވާލީ ހޮސްޕިޓަލުން ފަރުވާދެވެން ނެތިގެން ޑޮކްޓަރުންގެ ލަފާދެއްވީމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކްސިޑެންޓްގެ ސަަބަބުން އެ މީހާގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި ބޮލުގެ ތެރެއަަށް ލޭފައިބަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންޓާނަލް ބްލީޑެއްގެ އިތުރުން ނާށިގަނޑުގައި ފްރެކްޗާއެއް ހުރުމުގެ ސަބަބުން އޭނާ ބޭރަށް ފޮނުވާލީ މިތަނުން ފަރުވާދެވެން ނެތިގެން،" އައްފާލް ވިދާޅުވި އެވެ.

އެ އެކްސިޑެންޓް ހިނގީ އިއްޔެ މެނދުރު 2:45 އެހާކަންހާ އިރު މެދުޒިޔާރަތް މަގު އިރުން ހުޅަނގަށް ބާރުސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި ފޮޓޯނަގަން ހުރި ޗައިނާގެ ފަތުރުވެރިއެއްގެ ގައިގައި ޖެހިގެންނެވެ. އެ މައްސަލައާ ގުޅިގެން އުމުރުން 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު