އޭޝިއަން ގޭމްސް:
200 މީޓަރު އިވެންޓުގެ ފައިނަލުގައި ސުން އަދި ޕާކް ވާދަކުރަނީ

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ 17 ވަނަ އޭޝިއަން ގޭމްސް ގެ 200 މީޓަރު ފެތުމުގެ އިވެންޓްގައި ޗައިނާގެ މަޝްހޫރު ފެތުންތެރިޔާ އަދި އެންމެ ފަހުން ބޭއްވި އޮލިމްޕިކް މުބާރާތުގައި ރަން މެޑަލް ހޯދި ސުން ޔާންގް އާއި ވާދަވެރި ޕާކް ޓޯ ހުއާން މިއަދު ކުރިމަތިލާނެއެވެ.

ފެތުމުގެ އިވެންޓްގެ 200 މީޓަރު ފައިނަލުން ސުން ޔާންގް ޖާގަ ހޯދީ ހީޓް އިވެންޓްގައި އެންމެ ކުރި ހޯދައިގެންނެވެ. އިއްޔެ ކުރިއަށްދިޔަ ހީޓް އިވެންޓު ތަކުގައި ސުން ޔާންގް ރޭސް ނިންމައިފައިވަނީ 01:48:90 ނެވެ. ސުންގެ ފަހަތުން ދެވަނަ ހޯދީ ޗައިނާގެ ހަގީނޯ އެވެ. އަދި ތިންވަނަ ދެކުނު ކޮރެއާގެ ޕާކް ޓޯ ހުއާން އެވެ.

މެޗަށްފަހު ރިޕޯޓަރުންނާ ވާހަކަ ދައްކަމުން ޕާކް ބުނީ މުބާރާތާ މެދު މާބޮޑަށް ކަންބޮޑު ނުވާކަމަށާއި އޭނާ ހުރީ ރަނގަޅު ފޯމެއްގައި ކަމަށެވެ.

" އަހަރެން މިތަނަށް މިއައީ ކޮންމެހެން ސުން އާ ބައްދަލުކުރާކަށް ނޫން. އަހަރެން މަސަތްކަތް ކުރާނީ ރަނގަޅު ޕާފޯމެންސް އެއް ދައްކައި އަހަންގެ ރެކޯޑް އާ ކުރެވޭތޯ،" މީޑިއާއަށް މައުލޫމާތު ދެމުން ޕާކް ބުންޏެވެ.

ދެކުނު ކޮރެއާގެ މި ފެތުންތެރިޔާ ވަނީ އެންމެ ފަހުގެ ދެ އޭޝިއަން ގޭމްސްގައި މި އިވެންޓުން ރަން މެޑަލް ހޯދާފައެވެ. ނަމަވެސް ނިމިގެންދިޔަ ވޯލްޑް ޗެމްޕިއަންޝިޕުގައި އޭނާ ބައިވެރިވެފައެއް ނުވެއެވެ. ޕާކް ގެ އެންމެ ވާދަވެރި ފެތުންތެރިޔާ ސުން ޔާންގް ވަނީ އެފަހަރު ރަން މެޑަލް ހޯދައި 200 މީޓަރުން އޭޝިއާގެ ރެކޯޑް މުގުރާލާފައެވެ.

މިފަހަރުގެ އޭޝިއަން ގޭމްސް ގައި މިދެ ފެތުންތެރިން ތިން ފައިނަލެއްގައި ކުރިމަތިލާނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު