ފުރަތަމަ އެގާރަ ކަށަވަރުވާ ހަމައެކަނި ކުޅުންތެރިއަކީ ރޫނީ: ވެން ހާލް

މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ޖާގަ ލިބޭނޭކަން ކަށަވަރުވާ ހަމައެކަނި ކުޅުންތެރިއަކީ ވޭން ރޫނީ ކަމަށް އެޓީމުގެ ކޯޗު ލުއިސް ވެން ހާލް ބުނެފި އެވެ.

ލެސްޓާ ސިޓީއާ ދެކޮޅަށް މިއަދު ޔުނައިޓެޑް ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވެން ހާލް ވަނީ ރޫނީއަށް ވަރަށް ބޮޑަށް ތައުރީފް ކޮއްފައެވެ. ރޫނީއަށް އިޝާރާތް ކުރަމުން ނޫސްވެރިންގެ ބައްދަލު ވުމުގައި ވެން ހާލް ބުނީ، އޭނާގެ ޓީމުގެ ކެޕްޓަން ކޮންމެ މެޗެއްގައި ވެސް ކުޅޭނެ ކަމަށެވެ.

ވެން ހާލްގެ ޓީމު ސިލެކްޝަނާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުން އޭނާ ބުނީ، ކީޕަރު ޑެހެއާ އަކީ ވެސް އެނާގެ މަގާމްގައި ޓީމަށް އަރާނެކަމުގެ ޔަގީންކަން އޮތް ކުޅުންތެރިއެއް ކަމަށެވެ. އަދި ފަލްކާއޯގެ ފިޓްނަސް މުޅިން ރަނގަޅު ނުވާތީވެ ވެން ޕާސީއަށް ފުރަތަމަ އެގާރައިން ޖާގަަ ދޭނެ ކަމަށް ވެސް ވެން ހާލް ބުންޏެވެ.

ވެންހާލް ބުނީ، ފަލްކާއޯ އަކީ މޮޅު ފޯވާޑެއް ކަމަށާއި ހަަމަ އެހެންމެ ވެންޕާސީ އަކީވެސް އޭނާ ވަަރަށް ގަޔާވާ ކުޅުންތެރިއެއް ކަމަށެވެ.

މެންޗެސްޓާއާ ފަލްކާއޯ ގުޅުނު ހިސާބުން ފެށިގެން ކުޅިވަރު މީޑިޔާތުން ވަނީ މި ދެ ކުޅުންތެރިންގެ ވާދެވެރިކަން ފެންނާނެ ކަމަށް ބުނެފައެވެ. މިކަމަށް ރައްދު ދެމުން ވެން ހާލް ބުނީ ދެކުޅުންތެރިންގެ ވާދަވެރިކަން ނުފެންނާ ކަމަށެވެ.

މެންޗެސްޓާގެ ފޯވާޑްލައިނުގެ ދެ ޖާގައަށް ވާދަކުރާ އެ ޓީމުގައި ފަސް ކުޅުންތެރިން އެބަތިބި ކަމަށް ވެން ހާލް ވަނީ ބުނެފައެވެ. ރޫނީ ހިމެނެނީ މިސީޒަންގައި ޕްރިމިއަ ލީގުގައި އެޓީމުގެ ފުރަތަމަ އެގާރާއިން ގަވައިދުން ޖާގަ ހޯދާ ހަތަރު ކުޅުންތެރިންގެ ތެރެއިން އެކަކަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު