ވިމެންސް ވޯލްޑް ރޭންކިންގައި ޖަރުމަނާއި ފްރާންސުން ކުރިއެރުންތަކެއް ހޯދައިފި

ފީފާ ކޮކާކޯލާ ވިމެންސް ވޯލްޑް ރޭންކިންގައި ޖަރުމަނާއި ފްރާންސުން ކުރިއެރުންތަކެއް ހޯދައިފި އެވެ.

ފީފާއިން އިއުލާން ކުރި ސެޕްޓެމްބަރު މަހުގެ ރޭންކިންގައި އެންމެ ކުރީގައިވާ ތިން ޓީމް ބަދަލުވެފައި ނެތް ކަމުގައި ވިޔަސް ޖަރުމަނުން ވަނީ އެއްވަނައިގައިވާ ޔުނައިޓެޑް ސްޓޭޓްސްއާ ދެމެދުގައިވާ ފަރަގު ހަ ޕޮއިންޓަށް ކުޑަ ކޮށްފައެވެ.

ތިންވަނައިގައިވާ ފްރާންސުން ވެސް ވަނީ ޕޮއިންޓުގެ ގޮތުން ކުރިއެރުންތަކެއް ހޯދާފައެވެ. ފްރާންސްގެ ފަހަތުން 14 ޕޮއިންޓް މަދުން ލިބިގެން ހަތަރުވަނައިގައި ވަނީ އެންމެ ފަހުގެ ފީފާ ވިމެންސް ވޯލްޑް ކަޕް ކާމިޔާބު ކުރި ޖަޕާނެވެ.

މިފަހަރު ދެކުނު އެމެރިކާގެ ތިން ގައުމެއް ކަމަށްވާ ޕެރަގުއޭ، ޕެރޫ އަދި އިކުއެޑޯ އިން ވަނީ އަލުން ރޭންކިންއާ ގުޅިފައެވެ.

ފީފާ އިން ސެޕްޓެމްބަރު މަހު ޓީމްތައް ރޭންކް ކޮށްފައިވަނީ އެންމެ ފަހުނު ކުޅުނު ބައިނަލްއަޤުވާމީ ރަހުމަތްތެރިކަމުގެ މެޗުތަކުގައި ޓީމުތަކުން ދެއްކި ކުޅުމަށް ބެލުމަށްފަހުއެވެ.

ދެން ފީފާއިން ރޭންކިން އިއުލާން ކުރާނީ އަންނަ ޑިސެމްބަރު މަހުއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު