މާލޭގައި ހިނގި އެކްސިޑެންޓެއްގައި ފަތުރުވެރިއަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

މާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ޗައިނާގެ ފަތުރުވެރިއަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު މެންދުރުފަހު 2:45 އެހައިކަންހާއިރު މެދުޒިޔާރަތްމަގު އިރުން ހުޅަނގަށް ބާރުސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި ފޮޓޯނަގަން ހުރި ޗައިނާގެ ފަތުރުވެރިއެއްގެ ގައިގައި ޖެހި ކަމަށެވެ.

އުމުރުން 50 އަހަރުގެ އެ ފިރިހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުން އަންނަނީ ފަރުވާދެމުންނެވެ. ނަމަވެސް އޭނާ އަށް ލިބިފައިވާ ޒަޚަމްތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.

އެ މައްސަލައާ ގުޅިގެން އުމުރުން 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު