ފޭދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފި

މިއަދު ބޭއްވި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޓޭޓް އަލީ ފަހުމީ އަހްމަދު ކާމިޔާބު ކުރައްވައިފި އެވެ.

މިއަދު ބޭއްވި ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓު އަލީ ފަހުމީ އަހްމަދަށް 1067 ވޯޓު ލިބިވަޑައިގަތް އިރު ޕީޕީއެމްގެ ކެންޑިޑޭޓު އާމިނަތު އީނާ އަށ ލިބިވަޑައިގަތީ 869 ވޯޓެވެ.

ފޭދޫ ދާއިރާގެ ބައި އިލެކްޝަން މިއަދު ބާއްވާފައި ވަނީ އެދާއިރާގެ ކައުންސިލަރު އަބްދުﷲ އަސްވާން މިދިޔަ ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެންނެވެ.

އަސްވާން އަވަހާރަވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ހިތަދޫ ރީޖިނަލް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އޭނާ އަކީ ވެސް އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު