އެމްޕީއެލްގެ އަހަރީ ދުވަހާ ގުޅުވައިގެން އާއިލީ ހަވީރެއް ބާއްވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އާއިލީ ހަވީރެއް މިއަދު ބާއްވައިފި އެވެ.

އެމްޕީއެލްގެ ޔާޑް ސަރަހައްދުގައި ކުރިއަށްދިޔަ އެ އާއިލީ ހަވީރު ފައްޓަވައިދެއްވީ އެމްޕީއެލްގެ ސީއީއޯ މަހުދީ އިމާދު އެވެ.

މިއަދު ކުރިއަށްދިޔަ އެ އާއިލީ ހަވީރުގައި ގިނަ އަދަދެއްގެ އާއިލާތަކަކުން ކުޑަކުދިންނާއި ބެލެނިވެރިން ބައިވެރިވި އެވެ. ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެ އާއިލީ ހަވީރު ވަނީ އެމްޕީއެލްގެ މުއައްޒަފުންނާއި އާންމުންގެ އާއިލާތަކަށް ވެސް ހުޅުވާލާފަ އެވެ.

އެމްޕީއެލްގެ ސީނިއާ މެނޭޖާ އަހުމަދު އާތިފް ވިދާޅުވީ އެމްޕީއެލްގެ ސަރަހައްދު ބަލާލުމުގެ ފުރުސަތު ވެސް ލިބޭ އެ އާއިލީ ހަވީރު ބޭއްވުމުގެ މަގުސަދަކީ އެމްޕީއެލްގެ މުއައްޒަފުންގެ މެދުގައާއި އާންމުންނާ އެމްޕީއެލްގެ މުއައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރުކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޕީއެލްގެ އަހަރީ ދުވަހާ ގުޅުވައިގެން އިތުރު ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ހަފްތާތެރޭގައި އެ ކުންފުނީގެ ހުރިހާ މުއައްޒަފުންގެ ހާއްސަ ޖަލްސާއެއް ވެސް އޮންނާނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު