ވެލިދޫ ކައުންސިލްގެ ބައި އިލެކްޝަންގައި އެމްޑީޕީގެ މައްޗަށް އެމްޑީއޭ ކުރި ހޯދައިފި

މިއަދު ބޭއްވި ނ. ވެލިދޫ ކައުންސިލްގެ ބައި އިލެކްޝަންގައި އެމްޑީޕީގެ މައްޗަށް އެމްޑީއޭ ކުރި ހޯދައިފި އެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީއޭގެ ކެންޑިޑޭޓު އަލީ މުޖުތަބާ އަށް ލިބިވަޑައިގަތީ 648 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އަބްދުﷲ ޝަފީގަށް ލިބިވަޑައިގަތީ 528 ވޯޓެވެ.

ވެލިދޫ ރައްޔިތުންގެ އިމާރާތުގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާއަށް ބަލާއިރު އެމްޑީއޭގެ ކެންޑިޑޭޓު މުޖުތަބާ އަށް 186 ވޯޓު ލިބިވަޑައިގަތް އިރު އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ އަށް ލިބިވަޑައިގަތީ 134 ވޯޓެވެ.

ނ. އަތޮޅު ތައުލީމީ މަރުކަޒުގައި ބެހެއްޓި ވޯޓު ފޮށިން އެމްޑީއޭގެ ކެންޑިޑޭޓަށް 171 ވޯޓު ލިބިވަޑައިގަތް އިރު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 140 ވޯޓެވެ.

ވެލިދޫ ޕްރީ ސްކޫލްގައި ބެހެއްޓި ފޮށިން ވެސް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އެމްޑީއޭގެ ކެންޑިޑޭޓަށެވެ. އޭނާ ވަނީ 179 ވޯޓު ހޯއްދަވާފަ އެވެ. އެފޮށިން އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގެންފައި ވަނީ 138 ވޯޓެވެ.

މާލޭގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާއަށް ބަލާއިރު 111 ވޯޓު ހޯއްދަވައިގެން އެމްޑީއޭގެ ކެންޑިޑޭޓު ވަނީ އެ ފޮށިން ވެސް އެއްވަނަ ހޯދާފަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް އެފޮށިން ލިބިވަޑައިގަތީ 106 ވޯޓެވެ.

ވެލިދޫ ކައުންސިލްގެ ބައި އިލެކްޝަން މިއަދު ބާއްވާފައި މިވަނީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު މުހައްމަދު އަލިފުޅު އިސްތިއުފާދެއްވުމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު