ޗައިނާގެ ރައީސްގެ ނަން ނުބައިކޮށް ކިޔިގެން ޕްރެޒެންޓަރު ވަޒީފާ އިން ވަކިކޮށްފި

އިންޑިއާ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު "ދޫރްދަރްޝަން"އިން ޚަބަރުކީ ޕްރެޒެންޓަރަކު ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ނަން ނުބައިކޮށް ކިޔުމުން އެ ޕްރެޒެންޓަރު ވަޒީފާ އިން ވަކިކޮށްފި އެވެ.

ރޮއިޓާސް އިން ބުނި ގޮތުގައި "ދޫރްދަރްޝަން"ގެ ޕްރެޒެންޓަރު ވަޒީފާ އިން ވަކިކުރީ މިދިޔަ ބުދަ ދުވަހުގެ ޚަބަރުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ހުލާސާއެއް ކިޔަނިކޮށް ޝީ ޖިންޕިންގެ ބަދަލުގައި އޭނާ އަށް "އިލަވަން ޖިންޕިން" ކިޔިގެންނެވެ.

"އެއީ މާފެއް ނެތް ކުށެއް.. އެ ޕްރެޒެންޓަރު ވަނީ މިހާރު ހަބަރުކިޔުން މަނާކޮށް، ޚަބަރު ކިޔުމާ ދުރުކޮށްފައި." "ދޫރްދަރްޝަން"ގެ އޮފިޝަލަކު ރޮއިޓާސްް އަށް ބުންޏެވެ.

އިންޑިއާގެ ސްޓޭޓް ޓީވީ "ދޫރްދަރުޝަން"ގެ ޕްރެޒެންޓަރަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ނަން "އިލަވަން ޖިންޕިންގް" އޭ ކިޔުނީ އިނގިރޭސިބަހުން ޝީ (Xi) ލިޔެފައި އޮންނަ އިރު ރޯމަން ނަންބަރުތަކުގެ އެގާރަ ވަނަ ނަމްބަރު (XI) އާ ވައްތަރުވުމުން ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވަނީ ރާއްޖެއަށާ ލަންކާ އަށް ޒިޔާރަތްކުރެއްވުމަށް ފަހު އިންޑިއާ އަށް ދަތުރުފުޅުކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ އާއި ރަސްމީ ވާހަކަފުޅުތައް ބާއްވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު