ފެރީއެއްގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސް ބަޔަކަށް ހާނިއްކަ ވެއްޖެ

އެއާޕޯޓް ފެރީއެއްގެ ބިއްލޫރި ގަނޑު ތަޅައިގެންގޮސް ހިނގި ހާދިސާއެއްގައި ކުޑަ ދެ ކުއްޖަކާއި އިތުރު ބަޔަކަށް ހާނީއްކަ ވެއްޖެ އެވެ.

މިއަދު މެންދުރު 12:00ގައި ހުޅުލެއިން މާލެ އައި ފެރީއެއްގެ ދިރިބާކޮޅާދިމާލުން ޖަހާފައިވާ ބިއްލޫރި ގަނޑު ތަޅައިގެން ދިޔައީ ފެރީގެ ވާ މޮހާ ނުލައި ފެރީ ނައްޓާލުމުން ވާގަނޑު ކަނޑައިގެން ގޮސް ފެރީގެ ބިއްލޫރި ގަނޑުގައި ޖެހިގެން ކަމަށް އެވަގުތު ފެރީގައި އިން މީހަކު ސަން އަށް ކިޔައިދިނެވެ.

އޭނާ ބުނީ އެ ހާދިސާގައި އެ ވަގުތު ފެރީގައި ތިބި ކުޑަ ދެ ކުންދިންނާއި އިތުރު ބަޔަކަށް ކުދި ހާނިއްކަވި ކަމަށެވެ. އެގޮތުން އުމުރުން ފަސް އަހަރުގެ ކުއްޖާ އާއި އެ ކުއްޖާގެ މަންމަގެ ގައިގައި ފުޅިތޮށިކޮޅުތަކުން ޖެހުނު ކަމަށް ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ ބުނީ ކުޑަ ކުއްޖާގެ މޫނުގައި ބިއްލޫރިކޮޅުތަކުން ޖެހުމުގެ ސަބަބުން އެ ކުއްޖާގެ ލޯކައިރިން ކުދިކުދި ޒަހަމުތަކެއްވި ކަމަށެވެ. އަދި އެއާޕޯޓުގައި މަސައްކަތް ކުރާ މީހެއްގެ މޫނުގައި ބިއްލޫރިކޮޅުތަކުން ޖެހި ކުދިކުދި ޒަހަމްތަކެއްވި ކަމަށެވެ.

"ކައްޕި އެކަންވީމަ ވެސް މަބޮޑަކަށް އަޅާނުލައި ހެވިފައި އިނީ،" ސަން އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު