މޯބައިލް ފޯން ބޭނުންކުރާ މީހުންނަށް ހާއްސަ ދުވާރެއް!

ހިނގާއިރު މޯބައިލް ފޯނުން މެސެޖްކޮށް ހަދާ މީހުންނަށް ހާއްސަ ދުވާރެއް ޗައިނާގެ ސިޓީއެއްގައި ހަދައިފި އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ގައި ބުނެފައިވަނީ، ޗައިނާގެ ހުޅަނގު ދެކުނުގައި އޮންނަ ޗޮންގްކިން ސިޓީގައި ހަދާފައިވާ އެ 'ޕޭވްމަންޓް'އަކީ، ހިންގާއިރު މޯބައިލް ފޯނުން މެސެޖްކޮށް ޓްވީޓްކޮށް އުޅޭ މީހުންނަށް، އެކަމަކީ ނުރައްކާތެރި ކަމެއްކަން އަންގައިދިނުމަށް ގަސްދުކޮށްގެން ހެދިތަނެއް ކަމަށެވެ.

"މަގުމަތީގައި ވަރަށް ގިނަ އަދަދެއްގެ މުސްކުޅިންނާއި ކުޑަކުދިން ހިންގާ ބިނގާވެ އުޅޭ. އަދި ހިނގާއިރު މޯބައިލް ފޯން ހިފައިގެން އުޅުމުގެ ސަބަބުން ބަލާ ނުލައި އެ މީހުން ގައިގައި އެބަ ޖެހިގަނެވޭ،" ޕޭމަންޓް ހަދާފައިވާ ސަރަހައްދު ބަލައްހައްޓާ އެ ގައުމުގެ މެއިޒިން ގްރޫޕްގެ މާކެޓިން އޮފިޝަލު ނޮންގް ޗެންގް ބުނެފައިވެ އެވެ.
ހިންގާއިރު މޯބައިލް ފޯނުން މެސެޖްކޮށް ހަދާ މީހުންނަށް ޗައިނާގައި ހަދާފައިވާ ޕޭމަންޓް --- ފޮޓޯ/ އޭޕީ
މެއިޒިން ޗޮންގްކިން ސިޓީގައި ހަދާފައިވާ 165 ފޫޓުގެ އެ ދުވާރުގައި މޯބައިލް ފޯން ބޭނުންކުރާ މީހުންނަށާއި މޯބައިލް ފޯން ބޭނުން ނުކުރާ މީހުންނަށް ވެސް ހާއްސަ މަގެއް ހަދާފައިވެ އެވެ.

ނޮންގް ބުނީ، އެފަދަ ދުވާރެއް ހެދުމުގެ ހިޔާލެއް އައީ، މީހުންގެ އުޅުން ދެނެގަތުމަށްޓަކައި ނެޝަނަލް ޖިއޮގްރޮފިކް ޗެނަލް އިން މިދިޔަ ޖުލައި މަހު ވޮޝިންގްޓަންގައި ހެދި އެކްސްޕެރިމަންޓަކުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު