ޔުރޮޕާ ލީގު: ޗެންޕިއަން ސެވިއްޔާއަށް ރަނގަޅު ފެށުމެއް

ޔުއެފާ ޔުރޮޕާ ލީގުގެ އެންމެ ފަހުގެ ޗެންޕިއަން ސެއްވިޔާ، ހޮލެންޑުގެ ފެޔެނޯޑްއާ ރޭ ވާދަކޮށް 2-0 ލަނޑުން މޮޅުވެ އެޓީމުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސެވިއްޔާގެ ފަރާތުން ވަނީ މޮޅުކުޅުމެއް ފެނިގެން ގޮސްފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ސެވިއްޔާ ކާމިޔާބު ކޮށްފައިވަނީ އަށް ވަނަ މިނިޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެރާޑް ޑިލޫފޭ ދިން ބޯޅައަކުން ރެޒަގްރޯވް ކުރްޗުވައިކް އެވެ.

ދެވަނަ ލަނޑު އެޓީމުން ކާމިޔާބު ކޮށްފައި ވަނީ ފުރަތަމަ ލަނޑު ޖެހުމަށް އެހީތެރިވެދިން ޑިލޫފް ދިން ބޯޅައަކުން މެޗުގެ 31 ވަނަ މިނިޓްގައި ސްޓެފަން މިބިއާ އެވެ.

މުބާރާތުގައި ރޭކުޅުނު އެހެން މެޗްތަކަށް ބަލާއިރު އިނގިރޭސިވިލާތުގެ އެވަޓަން ވަނީ ވޮލްފްބާގް އަތުން 4-1 ލަނޑުން މޮޅުވެފައެވެ. ހޮލެންޑްގެ ޕީއެސްވީ އާއި އިޓަލީގެ އިންޓަމިލާން އާއި ނަޕޯލީ އާއި ފިއޮރެންޓީނާ އެޓީމުތައް ކުޅުނު މެޗު ތަކުން މޮޅުވިއިރު އިނގިރޭސި ކުލަބް ޓޮޓެންހަމް އާއި ސްޕެއިންގެ ވިލަރެޔާލް ކުޅުނު މެޗުތަކުން އެ ދެޓީމު ވެސް ވަނީ އެއްވަރު ވެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު