ނުރައްކާތެރި ކުށްތަކުން ބަރީއަވުމުގެ ހަތިޔާރެއްގެ ގޮތުން މީޑިއާ ބޭނުންކުރޭ: ޖެންޑާ މިނިސްޓްރީ

ކުދަކުދިންނަށް އަނިޔާ ކުރުންފަދަ ކުށްތަކުން ބަރީއަވުމަށްޓަކައި ކުށްކުރާ ބައެއް މީހުން މީޑިއާގެ ވަސީލަތް ބޭނުން ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ކުޑަކުދިންގެ މައްސަލަތަކާ ގުޅުންހުރި ހަބަރުތައް މީޑިއާތަކުން ގެނެސްދޭއިރު ސައްހަނޫން މައުލޫމާތުގެ މައްޗަށް ބިނާކޮށް ނުވަތަ ހަގީގަތް އޮޅޭގޮތަށް ހަބަރު ގެނެސްދޭ ކަމަށް ބުނެ ޖެންޑާ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ނުރައްކާތެރި ކުށްތަކުން ބަރީއަވުމަށް މީޑިއާތައް ބޭނުން ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

"ކުޑަކުދީންނަށް އަނިޔާ ކުރުންފަދަ ނުރައްކާތެރި ކުށްތަކުން ބަރީއަވުމުގެ ހަތިޔާރެއްގެ ގޮތުން ބައެއް ފަރާތްތަކުން މީޑިއާގެ ވަސީލަތް ބޭނުން ކުރަމުންދާކަން ގާހަގަ ކުރެވޭކަންވެސް މި ފުރުސަތުގައި މީޑިއާގެ ސަމާލުކަމަށް ގެންނަމެވެ." ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ކުޑަކުދިންގެ މައްސަލަތަކާ ގުޅޭ ހަބަރުތައް މީޑިއާގައި ޝާއިރު ކުރުމުގައި ކުއްޖާގެ ކަރާމާތަށް އުނިކަން ނުލިބޭގޮތަށް އޭގެ ނޭދެވޭ އަސަރު ކުއްޖާގެ މުސްތަގްބަލަށާއި ދިރިއުޅުމަށް ނުކުރާނެ ފަދަ ގޮތަކަށް އާއްމުކުރުމަށް ސަމާލުވުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ، އެ މިނިސްޓްރީން ބަލާ އެއްވެސް މައްސަލައެއްގައި އަމަލު ކުރެވިފައިވާގޮތުން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް އަންނަ ގޮތަށް އަމަލުކުރެވިފައިވާނަމަ، އެކަމެއް ހިއުމަން ރައިޓްސް ކޮމިޝަން ފަދަ މިނިވަން މުއައްސަސާތަކަށް ހުށަހެޅޭނެ ކަމަށެވެ. އަދި އެކަމަކީ މިނިސްޓްރީން މަރުހަބާ ކިޔާނެ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

ކުޑަކުދިންނާ ގުޅުންހުރި ހަބަރުތައް ޝާއިއު ކުރުމުގައި ބަލަންޖެހޭ ބައިނަލްއަގްވާމީ މިންގަނޑުތަކާއި ރާއްޖެ ފަދަ ގައުމަކުން އިތުރަށް ސަމާލުވާންޖެހޭ މިންގަނޑުތަކާ އެކު މީޑިއާއާ މިނިސްޓްރީން މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އިޝާރާތްކުރައްވައި އެ ބަޔާނުގައި ބުނެފައިވަނީ، މިނިސްޓްރީން އެފަދަ މަސައްކަތްތަކެއް ކުރަން ފަށާފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު