ރަށު ކައުންސިލްތައް މޮނިޓާކުރަން ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމް ނިންމާލައިފި

އަތޮޅު ކައުންސިލަށް، ރަށު ކައުންސިލްތައް މޮނިޓާކުރަން ދަސްކޮށްދިނުމުގެ ތަންރީން ޕްރޮގްރާމް ނިންމާލައިފި އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ޕްރޮގްރާމްގައި ބައިވެރިވި އަތޮޅު ކައުންސިލަރުންނަށް ސެޓްފިކެޓް ދީފަ އެވެ. އެ ޕްރޮގްރާމްގައި ކޮންމެ އަތޮޅު ކައުންސިލަކުން ދެ ކައުންސިލަރަކު ބައިވެރިވެފައި ވެއެވެ.

އެލްޖީއޭގެ ނައިބު ރައީސް މޫސާ ނަސީރު ވިދާޅުވީ އެ ޕްރޮގްރާމްގައި ކިޔަވައިދިން ތަކެތީގެ ބޭނުންކޮށްގެން ރަށްތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ކިޔެވި ތަކެތީގެ ބޭނުންކޮށްގެން އަތޮޅުތަކަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދެއްވުމަށް ވެސް އެދިވަޑައިގަތެވެ.
ރަށު ކައުންސިލްތައް މޮނިޓާކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާޓުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"އެންމެހާ ބޭފުޅުން ރަށަށް ވަޑައިގެން އަތޮޅަށް ވަޑައިގެން ދެއްވަންޖެހޭ ޓްރެއިނިންތައް ދެއްވާ ދިމާވެފައި ހުރި މައްސަލަތައް ހައްލު ކުރުމަށް ތިބޭފުޅުންގެ އެއްބާރުލުން ދެއްވާށެ،" މޫސާ ނަސީރު ވިދާޅުވި އެވެ.

އަންނަ އަހަރު ރާއްޖެ މިނިވަންވިތާ 50 އަހަރުވާއިރު ގައުމީ ގޮތުން ތައްޔާރުވާންޖެހޭ ކަމަަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ގައުމު ގައުމެއްގެ ގޮތުގައި ދެމިއޮންނާނީ ގައުމީ ޝިއާރު ދެއްކިގެން ކަމަށާއި އަދި ތަފާތު ސިޔާސީ ކުލަތައް އުޅުނު ނަމަވެސް މިއަދު އެންމެ އިސްކަމެއް ދޭންޖެހޭނީ ގައުމީ ކުލައަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށު ކައުންސިލްތައް މޮނިޓާކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާޓުގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެލްޖީއޭގެ ނައިބު ރައީސް ވިދާޅުވީ ގައުމީ ދިދައަށް ވުރެ މައްޗަށް އެހެން ދިދައެއް ނުވަތަ އެހެން ކުލައެއް ނުނަގާ އެގޮތުގައި ކުރިއަށްދާން ބޭނުންވާނަމަ ދިވެހި ގައުމު ގައުމެއްގެ ގޮތުގައި ކުރިއަށްގެންދިޔުމުގެ ފުރިހަމަ ބާރާއި ގަދަރު ލިބިގެންދާނެ ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ވަކި ކުލައަކަށް ހިދުމަތް ކުރުމަކީ ގެންގުޅެންވާނެ އުސޫލު ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު