15 ވަނަ އިމިގްރޭޝަން ކަޕް ފަށައިފި

ލަބަމްބާ ކެފޭ 15 ވަނަ އިމިގްރޭޝަން ކަޕް ކުޑަ ހެންވޭރު ޓާފް ދަނޑުގައި މިއަދު ފަށައިފި އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން މިމަހުގެ 18 އިން އޮކްޓޯބަރުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފުޓްސަލް މުބާރާތަކީ ވޭތުވެދިޔަ 15 އަހަރުއް ސުރެ ކުޅެމުން އަންނަ މުބާރާތެކެވެ. އިމިގްރޭޝަންގެ 10 ޑިޕާޓްމަންޓުން ބައިވެރިވެފައިވާ މި މުބާރާތުގައި އެއާޕޯޓުގެ ހަ ޓީމުވެސް ހިމެނެއެވެ.

މުބާރާތް ކާމިޔާބު ކުރާ ޓީމަށް 10،000 ރުފިޔާގެ އިނާމެއް އުރީދޫއިން ކަނޑައަޅާފައިވާއިރު މިހާ ބޮޑު އަދަދެއް އިނާމަށް އިމިގްރޭޝަން ކަޕަށް ހުށަހެޅޭ މިއީ ފުރަތަމަ ފަހަރެވެ. ލަބަމްބާ ކެފޭއަކީ މުބާރާތުގެ މެއިން ސްޕޮންސަރަށް ވާއިރު އެ މުބާރާތް ކޯ ސްޕޮންސާކޮށްފައި ވަނީ، އެސްޓީއޯ ނޫފަހި، ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން، ޓީއެމްއޭ، ކޮންރެޑް، އުރީދޫ ސޮނެވާ އަދި އަޒްމުތު ޕްރައިވެޓް ލިމިޓެޑް އެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވަމުން އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ ވިދާޅުވީ، މި ފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ އެންމެންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުން ކަމަށެވެ.

ކޮންޓްރޯލަރު ވިދާޅުވީ ކުޅިވަރަށް ތަރުހީބު ދޭ ވަރަށް، މަސައްކަތަށް ވެސް ރަނގަޅަށް ފަރުވާތެރި ވުމަށާއި އެކަކު އަނެކަކަށް ކަމޭ ހިތަން ޖެހޭ ކަމަށެވެ.

މުބާރާތް ކޮންމެ ދުވަހަކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިއަދު ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު