ވައްކަން ކުރި މީހަކު ހަތް އަހަރާއި ހަ މަހަކަށް ޖަލަށް

ވައްކަން ކުރުމުގެ ކުށް ހަތް ވަނަ ފަހަރަށް ސާބިތުވި މީހަކު ހަތް އަހަރާއި ހަ މަސް ދުވަހުގެ މުއްދަތައް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ގ. ލައިޓްގްރޭ އަބްދުﷲ މޫސާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 7:10 އެހައިކަންހާއިރު މއ. ނިރޮޅުގެއިން ވައްކަން ކުރި މައްސަލަ ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ދައުލަތުގެ ދައުވާގައިވާ ފަދައިން އެގެއިން އެޗްޓީސީ ފޯނަކާއި 180 ރުފިޔާ އޭނާ ވަގަށް ނަގާފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު