ބަޓިސްޓޫޓާގެ އެއް ފައި ބުރިކޮށްލަން އޭނާ އެދެފި

އާޖެންޓީނާގެ ކުރީގެ ގައުމީ ޓީމަށް ކުޅުނު މައްޝޫހުރު ފުޓްބޯޅަ ކުޅުންތެރިޔާ ގެބްރަޔަލް ބަޓިސްޓޫޓާ އެއްފައި ބުރިކޮށްލުމަށް ޑޮކްޓަރުން ކައިރީގައި އޭނާ އެދެފި އެވެ.

ބަޓިސްޓޫޓާ ބުނެފައި ވަނީ އުމުރުން 36 އަހަރުގައި އޭނާގެ 17 އަހަރުގެ ފުޓްބޯޅަ ކެރިއަރު 2005 ވަނަ އަހަރު ނިންމާލީ ފައިގައި ރިއްސާތީ ކަމަށެވެ.

މިހާރު އުމުރުން 45 ގެ ބަޓިސްޓޫޓާ، ޓީވައިސީ ޓީވީއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް މެދުވެރި ސަބަބަކީ ދަންވަރު ގަޑީގައި ފައިގެ ރިހުން ބޮޑުވެ އެނދުގައި އޮވެފައި ފާހާނާއާ ހަަމަޔަށް ވެސް ހިނގާފައި ދާން ދަތިވުމުން ކަމަށެވެ.

އިތުރު މައްސަލަތައް ދިމާވެ ވޭންބޮޑުވެ ތަދުގެ އިހްސާސް ބޮޑުވާތީވެ އޮތޯޕިޑިކްސް ޑޮކްޓަރަކަށް ދެއްކި ކަމަށް ބަޓިސްޓޫޓާ ބުންޏެވެ. ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުނީ ފައިގެ މަސައްކަތް ކުރުމަށް ކޮންމެހެން ބޭނުންވާ މަސްތަކާއި ނާރުތައް މަަސައްކަތް ނުކުރާ ކަމަށާއި މީގެ ސަބަބުން ދެ ކަށިގަނޑު ގޭނީ ފައި ހަރަކާތް ކުރުމަށް ނުކުޅަދާނަވެފައިވާ ކަމަށެވެ. އެހެންވެ ހައްލަކީ ފައި ބުރިކޮށްލުން ކަމަށް އެދޭ ކަމަށް އާޖެންޓީނާގެ ކުރީގެ މަޝްހޫރު ފޯވާޑް ބުންޏެވެ.

ބަޓިސްޓޫޓާ ވަނީ އޭނާގެ ފުޓްބޯޅަ ކެރިޔަރުގައި 516 މެޗުކުޅެ 300 ލަނޑު ޖަހައިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު