ޕާކިސްތާނުގެ ޗެމްޕިއަންކަން "އަރީޝާ"ގެ ބަލޮޗިސްތާން ހޯދައިފި

ސަން ހޮޓެލްސް އެންޑް ރިސޯޓްސް (ސަން) އަދި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު އަރީޝާ ރިޒާ ކުޅުނު ބަލޮޗިސްތާން ޔުނައިޓެޑް ވުމަންސް ފުޓްބޯލް ކްލަބު، ޕާކިސްތާނުގެ 10 ވަނަ ގައުމީ އަންހެން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އަރީޝާއަކީ، ޕާކިސްތާނުގެ އަންހެން ގައުމީ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ ކަން ފާހަގަކޮށް މުބާރާތް އިންތިޒާމް ކުރި ފަރާތުން ވަނީ، އޭނާއަށް ހާއްސަ ޓްރޮފީއެއް ވެސް ދީފަ އެވެ.

މި މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައިވާ ވޯޓާ އެންޑް ޕަވާ ޑިވެލޮޕްމަންޓް އޮތޯރިޓީ (ވަޕްޑާ) ފުޓްބޯޅަ ކުލަބާ ވާދަކޮށް ތަފާތު ބޮޑު ނަތީޖާއަކުން ބަލޮޗިސްތާން މޮޅުވި އިރު މިއީ އެޓީމު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ބަލޮޗިސްތާނުން މުބާރާތް ކާމިޔާބުކުރީ ލާހޫރުގެ ޕަންޖާބު ފުޓްބޯޅަ ސްޓޭޑީއަމްގައި މިދިޔަ ހުކުރު ދުވަހު ކުޅުނު ފައިނަލް މެޗުގައި ވަޕްޑާ އަތުން 7-0 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ފައިނަލް މެޗުގައި ބަލޮޗިސްތާނު ޓީމަށް ލަނޑުތައް ޖަހައިދިނީ، ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ މުބާރާތުގައި ސަން ޓީމަށް ކުޅުނު ޕާކިސްތާޏުގެ ފޯވާޑް ހަޖްރާހާން، 3 ލަނޑު، ޖޮޔާން ތޯމަސް 2 ލަނޑު، ޝަހްލީލާ ބަލޮޗް 1 ލަނޑު އަދި ޝާހިދާ ރަޒާ 1 ލަނޑެވެ.

މުޅި މުބާރާތުގައި 30 ލަނޑު ކާމިޔާބުކޮށްގެން ހަޖްރާ ޚާން ވަނީ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު