އައްޑޫ ސިޓީ މަރަދޫގައި ހުރި ދިރާގުގެ ފިހާރައެއް ފަޅާލައި ވައްކަން ކޮށްފި

އައްޑޫ ސިޓީގެ މަރަދޫގައި ހުރި ދިރާގުގެ ފިހާރައެއް ފަޅާލައި އެތަނުން ވައްކަން ކޮށްފި އެވެ.

އިއްޔެރޭ ހިނގި އެ ހާދިސާއާ ގުޅިގެން އުމުރުން 21 އަހަރުގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން ބުނީ ދިރާގުގެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ކުރި ވައްކަމުގައި އެ ފިހާރައިން ގެއްލުނު ބައެއް އިލެކްޓްރޯނިކް ސަމާނު އެ ދެ މީހުން ދުއްވަން ބޭނުންކުރި ސައިކަލުގެ މަޑިދަށުން ފެނިފައިވާ ކަމަށެވެ.

ދިރާގު ފިހާރަ ފަޅާލި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފައިވާއިރު، އަނެއް މީހާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު