މ. މަޑުއްވަރީ ކައުންސިލްގެ ރައީސް މެމްބަރުން ކަމުން އިސްތިއުފާ ދެއްވައިފި

މ. މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ޝައުކަތު މެމްބަރުން ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ޝައުކަތު ވެސް ވަނީ ކައުންސިލްގެ ރައީސް ކަމުންނާއި މެމްބަރު ކަމުން އިސްތިއުފާ ދެއްވިކަން ސަން އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވި އިއްޔެ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް ފާޒިލް ފާރޫގު ވިދާޅުވީ ކައުންސިލްގެ ރައީސް މެމްބަރު ކަމުން ވަކިވެފައި ވަނީ އެއްވެސް މައްސަލައެއް ދިމާވެގެން ހިތްހަމަނުޖެހުމެއް އޮވެގެން ނޫން ކަމަށެވެ.

"އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިގެން އޭނާ ވަކިވީ. ވަކި މައްސަލައެއް ނެތް. މެމްބަރުންނާ ބައްދަލުކޮށް ވާހަކަ ވެސް ދައްކާފައި މަގާމުން ވަކިވީ،" ފާރޫގު ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޝައުކަތު އިސްތިއުފާ ދެއްވާފައި ވަނީ އޭނާ އަށް އެރަށު ކައުންސިލް އިދާރާގެ އެސިސްޓަންޓް ޑިރެކްޓަރު ކަމުގެ ވަޒީފާ ހަމަޖެހުމުން ކައުންސިލަރެއްގެ މަގާމުގައި ނުހުރުވޭނެތީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު