ސުޒުކީ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި

އެމްޓީސީސީން ކުރިއަށްގެންދިޔަ ސުޒުކީ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

އެމްޓީސީސީ "ކަށަވަރު" ގައި މިއަދު ހެނދު ގުރުއަތުނެގުމަށް ބޭއްވި ހަފްލާގައި ނަސީބުވެރިއަކަށް ހޮވިފައި ވަނީ ތ. ހިރިލަންދޫ ހީމާނާގޭ އާދަމް އަންވަރެވެ.

އިނާމެއްގެ ގޮތުން އާދަމް އަންވަރަށް ލިބިފައި ވަނީ ސުޒުކީ ފޯސްޓޯ 9.9 ގެ އައުޓިބޯޑު އިންޖީނެކެވެ.

އޭނާ އަށް އެ އިންޖީނު ލިބިފައި ވަނީ މިދިޔަ ޖޫން މަހުގެ 14 އިން ޖުލައި މަހުގެ 24 އަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަންގައި 175 ހޯސްޕަވަރުގެ އައުޓުބޯޑު އިންޖީނެއް ބައްލަވައިގަތުމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު