ރެއިންބޯގެ ސިލްވާ ޖުބްލީ ލޯގޯ ފަރުމާކުރުމަށް ހުޅުވާލައިފި

އިމާރާތްކުރާ ސާމާނާއި ފަރުނީޗަރުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކުމުގައި 25 އަހަރު ހޭދަކޮށްފައިވާ ރެއިންބޯ އެންޓަޕްރައިސަސްއަށް "ސިލްވާ ޖުބްލީ" ލޯގޯއެއް ކުރެހުމަށް އެ ކުންފުނިން މުބާރާތެއް ހުޅުވާލައިފި އެވެ.

"ރެއިންބޯ ސިލްވާ ޖުބްލީ ލޯގޯ ކޮންޓެސްޓް"ގެ ނަމުގައި ހުޅުވައިލި ލޯގޯ ފަރުމާ ކުރުމުގެ މުބާރާތަށް ލޯގޯ ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށް ރެއިންބޯއިން ބުންޏެވެ. އަދި އެ މުބާރާތުގައި ބައިވެރިކުރާ ލޯގޯތަކުގެ ތެރެއިން އެންމެ ރަނގަޅު ލޯގޯއެއް ފަރުމާ ކުރާ ފަރާތަކަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

ރެއިންބޯއިން ބުނީ، އެ މުބާރާތަށް ލޯގޯ ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 18 ވަނަ ދުވަސް ކަމަށެވެ. އަދި މުބާރާތާ ގުޅޭގޮތުން އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން
ލިބެން ހުންނާނެ ކަމަށާއި، މުބާރާތުގެ ވަނަވަނައަށްދާ ފަރާތްތަކުގެ ނަންތައް އެ ކުންފުނީގެ ފޭސްބުކް ޕޭޖް
ގައި އިއުލާނު ކުރާނޭ ކަމަށްވެސް ރެއިންބޯއިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު