"އިންސާނާ"ގެ ޓިކެޓް ވިއްކަން ފަށައިފި

ސީޒަނަލް މޫވީސްގެ އުފެއްދުމެއް ކަމަށްވާ ދިވެހި ފިލްމް "އިންސާނާ"ގެ ޓިކެޓް އޮލިމްޕަހުގައި މިއަދު ވިއްކަން ފަށައިފި އެވެ.

މިމަހުގެ 21 ގައި އެޅުވުމަށް ހަމަޖައްސާފައިވާ "އިންސާނާ"ގެ ޓިކެޓްގެ އަގަކީ 40 ރުފިޔާ އެވެ. އެއްގަޑިއިރުގެ މި ފިލްމްގެ ހަަތަރު ޝޯވ ދެއްކުމަށް ދެއްކުމަށް ހަމަޖެހިފައިވާއިރު ފުރަތަަމަ ޝޯ އެ ރޭ 21:00 ގައި ފަށާނެ އެވެ. އަދި ދެވަނަ ޝޯ އެެރޭގެ 11:00 ގައި ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ފިލްމްގެ ޝޯތައް ދެ ރޭ އޮލިމްޕަސްގައި ދެއްކުމަށް ހަމަޖެހިފައިވާއިރު ޖުމްލަ 220،000 ރުފިޔާގެ ބަޖެޓަކުން އުފައްދާފައިވާ މި ފިލްމް އެޅުވުމަށް އޮލިމްޕަސް ކުއްޔަށް ހިފާފައިވަނީ ރެއަކަށް 4000 ރުފިޔާއަށެވެ.

"އިންސާނާ" ތަރީންގެ ގޮތުގައި ފިލްމްގެ ޑައިރެކްޓަރު ސީޒަންގެ އިތުރުން އައިޝަތު ރިސްމީ އާއި ފާތުމަތު ފަރީލާ ވެސް ހިމެނެ އެވެ.

އިނގިރޭސި ވާހަކައެއްގެ އަސްލަށް ބިޔާކޮށްގެން އުފައްދާފައިވާ މި ފިލްމަކީ ސައިކޮލޮޖިކަލް ތްރިލާއެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާފައިވާ ފިލްމެކެވެ. އަދި މުޅި ފިލްމްގައި ވެސް ފެނިގެންދާނީ މީހަކު މަރާލުމަށް ފަހު ގާތިލަކު ސަލާމަތްވާންވެގެން އޭނާ ކުރާ މަަސައްކަތްތަކެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު