އައިޑީޕީއަށް ފައިސާ ދިނުމަށް އިލެކްޝަންސްގެ މައްޗަށް އަމުރުކޮށްފި

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާގެ ތެރެއިން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އަށް ދޭންޖެހޭ ފައިސާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ 2011 އަދި 2013 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން އައިޑީޕީއަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ނުދީ ހިފެހެއްޓުމުގެ ގާނޫނީ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންނުވާކަން އެނގެން އޮންނަ ކަމަށެވެ. އެހެންކަމުން އައިޑީޕީއަށް ދޭންޖެހޭ ފައިސާ ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އިލެކްޝަންސް ކޮމިޝަނަށް އެ ހުކުމްގައި ވަނީ އަންގާފަ އެވެ.

އައިޑީޕީއަކީ މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުވާލި ކަމަށް އިއުލާން ކުރެއްވުމަށްފަހު ހޯމް މިނިސްޓަރު އުމަރު ޑީއާރްޕީއަށް ސޮއިކުރެއްވިފަހުން އެ ޕާޓީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން ވަނީ އައިޑީޕީއަކީ އުވާލެވިފައިވާ ޕާޓީއެއް ނޫންކަމަށް ކަނޑައަޅައި ހުކުމް ކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު