ބޭރަށްދާ މީހުންނަށް ބީއެމްއެލްގެ މާލޭގެ ހުރިހާ ބުރާންޗްއަކުން ޑޮލަރު ވިއްކަން ފަށައިފި

ރާއްޖެ އިން ބޭރަށްދާ ފަރާތްތަކަށް މާލޭގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހުރިހާ ބްރާންޗަކުން ޑޮލަރު ވިއްކަން ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

މީގެ ކުރިން ބީއެމްއެލް އިން ޑޮލަރު ވިއްކަމުން އައީ ހަމައެކަނި މެއިން ބްރާންޗުންނެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން މާލެގެ ހުރިހާ ބްރާންޗަކުން ވެސް ރާއްޖެ އިން ބޭރަށް ދާ ކޮންމެ ދިވެއްސަކަށް 500 ޑޮލަރު ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

"މާލޭގައި ހުރި ބީއެމްއެލްގެ ހަތަރު ބްރާންޗުގެ އިތުރުން ވިލިމާލެ ބްރާންޗް، ހުޅުމާލެ ބްރާންޗް، އަދި މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ ބީއެމްއެލްގެ ބްރާންޗުން ޑޮލަރު ގަންނަން ލިބޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖައްސާފައި." ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ އެހުރިހާ ބްރާންޗަކުން ވެސް ދަތުރުވެރިންނަށް ޑޮލަރު ވިއްކާނީ ހެނދުނު 8:30 އިން މެންދުރު 2:00 އަށް ކަމަށެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ ޑޮލަރު ގަންނަންދާ ފަރާތްތަކުން އައިޑީ ކާޑް ނުވަތަ ޕާސްޕޯޓްގެ އިތުރުން ރާއްޖެ އިން ބޭރަށް ދިއުމަށް ނަގާފައިވާ ޓިކެޓް ގެންދަން ޖެހޭނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު