ވަޅީގެ ހަމަލާގައި ޒަހަމްކޮށްލުމުން ފައި ބުރިކޮށްލި ޒުވާނާ މަރުވެއްޖެ

މިދިޔަ ހަފްތާގެ ތެރޭގައި އިސްކަންދަރު ސްކޫލް ކުރިމަތީގައި އޮންނަ "ދިދި ގޯޅި"ގަނޑުގެ ތެރޭގައި ވަޅިން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނާއަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:30 އެހައިކަންހާއިރު ހިނގި އެ ހާދިސާގައި ތ. ތިމަރަފުށީ، ބްލޫނިއާގޭ، އަހުމަދު އަސީލްގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލާފައިވެ އެވެ. އަސީލަށް ލިބުނު އަނިޔާގެ ސީރިއަސް ކަމުން އޭނާގެ ފައި ވެސް ވަނީ ބުރިކޮށްލައިފަ އެވެ.

އޭނާ މަރުވީ ވަޅީގެ ހަމަލާގައި ލިބިފައިވާ ޒަހަމްތަކަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުންދާތާ، ހަތް ދުވަސް ފަހުންނެވެ.

އާއިލާގެ މެމްބަރަކު "ސަން"އަށް މިއަދު ބުނީ އަސީލުގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށް ޑޮކްޓަރުން އިއްޔެ ބުނެފައިވާ ކަމަށެވެ.

ފުލުހުންގެ ފޮރެންސިކް ތަހުލީލުތައް ކުރުމަށްފަހު އަސީލްގެ ހަށިގަނޑު މިހާރު ވަނީ އާސަހަރާ އަށް ގެންގޮސްފަ އެވެ.
އަސީލްގެ ހަށިގަނޑު އާސަހަރާއަށް ގެންދުޔުމަށް އެމްބިއުލާންސަށް އަރުވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު