ރޮނާލްޑޯ ލަފާ ދިނީ 7 ނަމްބަރު ޖާޒީގައި މެންޗެސްޓާއަށް ކުޅުމަށް: ޑިމާރިޔާ

މެންޗެސްޓާ ޔުނައިޓެޑްގެ ހަތް ނަމްބަރު ޖާޒީގައި އެ ޓީމަށް ކުޅުމަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ލަފާ ދީފައިވާ ކަމަށް އާޖެންޓީނާގެ އެންޖެލް ޑިމަރިޔާ ބުނެފި އެވެ.

މެންޗެސްޓާ ކުޅުންތެރިއެއްގެ ގޮތުގައި އޯލްޑްޓްރެފޯޓްގައި ޑިމަރިޔާ ދައްކާލުމަށް ފަހު ނޫސްވެރިންނާ ވާހަކަދަކަމުން ޑިމަރިޔާ ބުނެފައި ވަނީ މެންޗެސްޓާގެ ޖާޒީ ނަމްބަރު ހަތެއް ހާއްސަވާ ސަބަބުތައް ރޮނާލްޑޯ އޭނާއަށް ކިޔާދީފަވާ ކަމަށެވެ.

މި ސީޒަނުން ފެށިގެން ޑިމަރިޔާ ބޭނުން ކުރާ ހަތް ނަމްބަރު ޖާޒީއަކީ އެ ކުލަބުގެ އެންމެ ތާރީހީ ހާއްސަ ނަމްބަރެވެ. ހަތް ނަމްބަރު ޖާޒީގައި އެރިކް ކޮންޓަނާ އާއި ޑޭވިޑް ބެކަމް އާއި ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެފައިވެ އެވެ.
މެންޗެސްޓާ ކުޅުންތެރިއެއްގެ ގޮތުގައި ޑިމާރިޔާ ދައްކާލުން---ފޮޓޯ/ އޭޕީ

ޑިމަރިޔާ ވަނީ ފަސް އަހަރު ދުވަހެއްގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާއާ ގުޅިފަ އެވެ. މި އެއްބަސްވުމުގެ ދަށުން ޑިމަރިޔާ އަށް ހަފްތާއަކު 200،000 ޕައުންޑް މުސާރައެއްގެ ގޮތުގައި ލިބޭނެ އެވެ. ޑިމަރިޔާ ބުނެފައި ވަނީ ރޮނާލްޑޯ ބޭނުން ވަނީ އެނާ މެންޗެސްޓާގެ ބޭނުން ކުރި ޖާޒީ ނަންބަރު ޑިމަރިޔާ ބޭނުން ކުރާށެވެ. އަދި މެންޗެސްޓާއިން ވެސް ބޭނުން ވަނީ ހަތް ނަންބަރުގެ ޖާޒީގައި ޑިމަރިޔާ ކުޅުމަށެވެ.

އުމުރުން 26 އަހަރުގެ ޑިމަރިޔާ ބުނެފަވަނީ ވެންގާލްގެ އެނާ ކުލަބަށް ގެނައީތީ ވަރަށް އުފާވާ ކަމަށާއި ބޭނުން ވަނީ މެނެޗެސްޓާ އަންނަ ސީޒަންގައި ޗެންޕިއަންސް ލީގާ ހަމަޔައް ގެންދިނުން ކަމަށެވެ. އަދި މެނެޗެސްޓާއަކީ ގިނަ ތަށިތަކެއް ކާމިޔާބު ކޮށްފަައިވާ ބޮޑު ކުލަބެއް ކަމަށާއި ބޭނުން ވަނީ މެންޗެސްޓާއެކު އެއަށް ވުރެ ވެސް ގިނަ ތަށިތަކެއް ކާމިޔާބު ކުރުން ކަމަށެވެ.
މެންޗެސްޓާ ކުޅުންތެރިއެއްގެ ގޮތުގައި ޑިމާރިޔާ ދައްކާލުން---ފޮޓޯ/ އޭޕީ


މެންޗެސްޓާގެ ހަތް ނަންބަރުގައި އެންމެ ފަހުން ވިދާލި ރޮނާލްޑޯ ބުނެފައި ވަނީ މެންޗެސްޓާގެ ހަތް ނަންބަރު ޖާޒީގައި ކުޅޭ ކުޅުންތެރިޔަކު ވަރަށް ބޮޑު ޒިންމީތަކެއް ނަގަންޖެހޭނެ ކަމަށެވެ. އަދި ޑިމަރިޔާއަށް ކާމިޔާބަށް އެދޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު