ތުރުކީގެ މޫނުމަތި ބަދަލުކޮށްލި އިސްލާމީ ޝަޚްސިއްޔަތު އެގައުމުގެ ރައީސް ކަމަށް

އަންކަރާ (އޮގަސްޓް 29) : ތުރުކީގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ ދުނިޔޭގައި ސުލްހަ ގާއިމް ކުރުމާއި އަނިޔާވެރި ބާރުތަކާ ދެކޮޅަށް ތެދުވުމާއި އަނިޔާ ލިބެމުންދާ ނިކަމެތިންނަށް އެހީވުމުގެ މައްޗަށް ކަމަށް އެގައުމުގެ އައު ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ޖުމްހޫރިއްޔާގެ ރައީސްކަމުގެ ގާނޫނީ ހުވާ އިއްޔެ ކުރެއްވުމަށް ފަހު ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި އުރުދުޣާން ވިދާޅުވީ އޭނާގެ ތުރުކީގެ ޒަޢާމަތާ ޙަވާލުވެވަޑައިގަތުމާ އެކު މުޅިން އައު ތުރުކީއެއް (އަނެއް ތުރުކީ) އުފަންވެގެން ހިނގައްޖެ ކަމަށާ އަދި އޭނާގެ ބޮޑުވަޒީރުކަމުގައި ތުރުކީގެ މޫނު މަތި ބަދަލުކޮށްލާފައިވާނެ ކަމުގަ އެވެ. އުރުދުޣާން އިތުރަށް ވިދާޅުވީ އޭނާގެ ޒަޢާމަތުގައި ތުރުކީގެ ދާޚިލީ ސިޔާސަތު ބައްޓަން ކުރާނީ ދިމުގްރާތީ އަދި އިގްތިސާދީ އިސްލާހްތަކުގެ މައްޗަށާއި އެތެރޭގައި ސުލްހަ ގާއިމް ކުރުމަށާއި ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުކަން ހޯދުމުގެ މައްޗަށް ކަމުގަ އެވެ.

އުރުދުޣާންގެ ބޮޑުވަޒީރު ކަމުގައި ތުރުކީގެ އާންމު ޙަޔާތަށް އިސްލާމީ ސިފަތައް އަލުން އަނބުރައިގެނަސްފައިވެ އެވެ. އަދި ތުރުކީގެ ޖުމްހޫރިއްޔާގެ ބާނީ މުސްތަފާ ކަމާލް ޕާޝާގެ ލާދީނީ ފިކުރުތަކާ އެކު ގެއްލިގެންދިޔަ ތުރުކީގެ އިސްލާމީ ޝަޚްސިއްޔަތު އަލުން އަނބުރައި ގެނައުމުގައި ވެސް ކާމިޔާބު މަސައްކަތްތަކެއް އުރުދުޣާން ކުރައްވާފައިވެ އެވެ. އުރުދުޣާން ތުރުކީގެ ރިޔާސަތާ ޙަވާލުވެވަޑައިގަތުމުގެ އެއް ދުވަސްކުރިން، އުރުދުޣާންގެ އިސްލާމީ ފިކުރުގެ ޕާޓީ ކަމަށްވާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ޒައީމް ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އެގައުމުގެ ޚާރިޖީ ވަޒީރު އަހްމަދު ދާވޫދު ވަނީ އެމަގާމަށް އިންތިޚާބުކޮށްފަ އެވެ.

މިކަމަށްޓަކައި ބޭއްވި އެޕާޓީގެ ޚާއްސަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވަނީ މިވާހަކަތައް ތަކުރާރު ކުރައްވާފަ އެވެ. މިގޮތުން ޖަސްޓިސް ޕާޓީގެ މަގްސަދަކީ ތުރުކީގެ ގެއްލިފައިވާ އިސްލާމީ ޝަޚްސިއްޔަތު އަލުން އަނބުރައި ރުޖޫޢަކޮށްދިނުން ކަމަށާ އެކަމުގެ ބޮޑުބައެއް މިހާރު ޙާސިލް ކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން މިއަދު ވަނީ މުޅިންއައު ތުރުކީއެއް އުފަންވެފައި ކަމަށާ ޖަސްޓިސް ޕާޓީގެ ދައުރު ފުރިހަމަ ކުރުމަށްޓަކައި މިއަދަކީ ވަރަށް މުހިއްމު ދުވަހެއް ކަމުގައެވެ. ޖަސްޓިސް ޕާޓީ ދޫކުރައްވައި އުރުދުޣާން ތުރުކީގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ނަމަވެސް ތުރުކީގެ އިސްލާމީ އައިޑެންޓިޓީއާއި އިސްލާމީ ސިފަތައް އަލުން އަނބުރައި ގެނަސް މިއާއެއްގޮތަށް އެގައުމުގެ މޫނުމަތި ބަދަލުކޮށްލުމުގައި އެޕާޓީގެ އައު ޒަޢީމް އަހްމަދު ދާވޫދު ކުރިޔަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އުރުދުޣާން ވަނީ ދެއްވާފަ އެވެ.

އުރުދުޣާން، ތުރުކީގެ ރައީސް ކަމުގެ ގާނޫނީ ހުވާ އިއްޔެ ކުރެއްވުމަށް ފަހު ބޮޑުވަޒީރަކަށް އަހްމަދު ދާވޫދު ވަނީ އައްޔަން ކުރައްވާފަ އެވެ. އުރުދުޣާންގެ ބޮޑުވަޒީރު ކަމުގައި ތުރުކީގެ އާންމު ޙަޔާތަށް އިސްލާމީ ސިފަތައް އަލުން އަނބުރައި ގެނަސްފައިވާ އިރު ޒަމާނީ ތުރުކީގެ ބާނީ މުސްތަފާ ކަމާލް ޕާޝާގެ ލާދީނީ ފިކުރުތަކާ އެކު ގެއްލިގެން ދިޔަ އެގައުމުގެ އިސްލާމީ ޝަޚްސިއްޔަތު އަލުން އަނބުރައި ގެނައުމުގައި ބޮޑެތި ކާމިޔާބީ ތަކެއް ޙާސިލް ކޮށްފަ އެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު