ޕީއައިސީ އަށް އައްޔަން ކުރެއްވުމަށް ދެ ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފޮނުވައިފި

ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) ހުސްވެފައިވާމެންބަރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި ދެ ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ‏‏އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޔާމީން އިއްޔެ މަޖިލީހަށް ފޮނުއްވާފައި ވަނީ މާލޭ ދަފްތަރު 5831 އާދަމް ސަޢީދު މޫސާ އާއި ގ. ގޮފި، ފާޠިމަތު މިންޙަތު ޢިއްޒަތުގެ ނަންފުޅު ކަމަށެވެ.

އެ ކޮމިޝަންގެ ތިން މެމްބަރެއްގެ ދައުރު ހަމަވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު މިމަހުގެ ތެރޭގައި ރައީސް ޔާމީން ވަނީ ތިން ބޭފުޅަކު އެ ކޮމިޝަނަށް އައްޔަން ކުރައްވައިފަ އެވެ. އެބޭފުޅުންނަކީ މާލޭ ދަފްތަރު ނަމްބަރު 1320 ފާތިމަތު ސަރީރާ އަލީ ޝަރީފާއި ސ. މީދޫ ހަސަންކާރިގޭ މުހައްމަދު ފަރުހާދުގެ އިތުރުން ހ. ގްލޯރިއޯސާ‏ ‏އަލީ ނަދީމެވެ.

އެ ތިން ބޭފުޅުންގެ ތެރެއިން ސަރީރާ އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ރައީސް ޔާމީން ވަނީ އައްޔަން ކުރައްވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު