އިނގިރޭސީންގެ އާ ކެޕްޓަނަކަށް ރޫނީ

އިނގިރޭސިވިލާތުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކެޕްޓެނަކަށް މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އަދި ކެޕްޓަން ވޭން ރުނީ ހަމަޖައްސައިފި އެވެ.

ރޫނީ ކެޕްޓަނަކަށް ހަމަޖެއްސިކަން އިއުލާނުކޮށްފައި ވަނީ އަންނަ މަހު ނޯވޭ އާއި ސުވިޒަލެންޑާ ދެކޮޅަށް އިންގްލޭންޑް ކުޅޭ މެޗަށް އެކުލަވާލި ސޮކްޑް އިއުލާން ކުރަމަށް ބޭއްވި ނިއުސްކޮންފަރެންސްގަ އެވެ.

އިންގްލޭންޑްގެ ކެޕްޓަންގެ މަގާމް ހުސްވީ އެމަގާމުގައި ކުރިން ހުރި ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާްޑް މިފަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ގުޅިގެންނެވެ.

ރޫނީ ބުނެފަވަނީ ގައުމީޓީމުގެ ކެޕްޓަނަަކަށް ވުމެގެ އުންމީދަކީ އެނާގެ މުޅިކެރިއަރުގެ އެންމެ ބޮޑަށް އުންމީދު ކުރި އެއްކަމެއް ކަމަށެވެ.

އިނގިރޭސި ގައުމީ ޓީމުގެ އާ ކެޕްޓަނަކަށް ރޫނީ ހަމަ ޖެއްސިކަން އިއުލާން ކުރަމުން އެ ޓީމުގެ ކޯޗު ރޮއީ ހޮގްސަން ބުނެފަވަނީ ރޫނީއަށް ވުރެ ރަގަޅު "ޗޮއިސް"އެއް ނެތްކަމަށާއި ކުރިން މެޗުތަކުގައި ކެޕްޓަކަން ކޮށްފައި ހުރުމާ މެންޗެސްޓާގައި ވެސް އެޒިންމާ ނަގަމުން ދިޔުމަކީ ރޫނީއަަށް ކެޕްޓަންކަން ހަވާލު ކުރުމަށް ބެލި ކަންތައްތަކެއް ކަމަށެވެ.

ކެޕްޓަނުގެ މަގާމަށް ހަމަޖެއްސުމުގެ ކުރިން ރޫނީއާ ވަރަށް ދިގުކޮށް ވާހަކަ ދެއްކުނު ކަމަށާއި ކެޕްޓަނަކަށް ވުމުން ދިމާވާނެ ހުރިހާ ޕްރެޝަރަކަށް ރޫނީ ހުރީ ތައްޔާރަށް ކަމަށް ވެސް އިނގިރޭސި ގައުމީ ޓީމުގެ ކޯޗު ބުންޏެވެ.

މެންޗެސްޓާގެ ވެސް އާ ކެޕްޓަނަކަށް މިސީޒަނުގައި ހަމަޖެހުނު ރޫނީ ވަނީ އިނގިރޭސި ގައުމީޓީމަށް 95 މެޗުކުޅެ 40 ލަނޑު ޖަހައިފައެވެ.

ހޮގްސަން މިފަހަރުނެގި އިނގިރޭސި ސްކޮޑުގައި އާ ހަތަރު ކުޅުންތެރިޔަކަށް ޖާގަ ދީފައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު