ކުޑަ ދޮރުން ވެއްޓުނު ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާ އަށް ގެންގޮސްފި

މާލޭގެ ގެއެއްގެ ދެވަނަ ބުރިން ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު ތުއްތު ފިރިހެން ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް އިންޑިއާ އަށް ގެންގޮސްފި އެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހެންވޭރު ގެއެއްގެ ދެ ވަނަ ބުރިން ރޭ ވެއްޓި ޒަހަމްވި އެއް އަހަރާއި ތިން މަހުގެ ކުއްޖާ އިންޑިއާ އަށް ފުރުވާލީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އަދި އެ ކުއްޖާ އަށް ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ އިންޑިއާގެ ޗެންނާއީ އަށެވެ.

'ސަން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިގަން މެދުވެރިވީ، ކުޑަ ކުއްޖާ ދިރިއުޅޭ ގޭގެ ދެވަނަ ފަންގިފިލާގެ ސިޓިން ރޫމުގެ ކުޑަދޮރެއްގެ ކައިރީ ބަހައްޓާފައި ހުރި ސޯފާއެއްގެ މައްޗަށް އެ ކުއްޖާ ކުޅެން އަރައި އުޅެނިކޮށް ކައްސާލައިގެން ކުޑަދޮރުން ބޭރަށް ވެއްޓިގެންނެވެ. އެ ހާދިސާ ހިނގުމާ އެކު އެ ކުއްޖާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ނަމަވެސް ކުއްޖާ އަށް ލިބިފައި ހުރި އަނިޔާތަކުގެ ތަފްސީލެއް ނުލިބި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު