ރެއާލްގެ ޑްރޭގަން ކިޓް ދައްކާލައިފި

ރެއާލް މެޑްރިޑުން މިފަހަރުގެ ޔޫރަޕިއަން ޗެންޕިއަސް ލީގުގައި ބޭނުންކުރަން ތައްޔާރުކޮށްފައިވާ ތިންވަނަ ކިޓް އާންމުކޮށް ދައްކާލައިފި އެވެ.

ރެއާލްގެ ތިންވަނަ ކިޓް ފަރުމާ ކޮށްފައިވާގޮތުން އެ ޑިޒައިން ބޮޑަށް ވައްތަރީ ޖަޕާނުގެ ގައުމީޓީމުގެ ޖާޒީއާ އެވެ. ޖަޕާނުގެ ގައުމީޓީމުގެ ޖާޒީގައި ވެސް އުދުހޭ ޑްރޭގަން އެއް ފަނޑުކޮށް ފެންނަން ހުރެވެ. ރެއާލް މެޑްރިޑްގެ މި ޖާޒީގައި ވެސް މިބުނާ ޑްރޭގަން ފެންނަން ހުރެއެވެ.

އެޑިޑާސްއިން އުފައްދާފައިވާ މި ޖާޒީއާ ގުޅޭގޮތުން އެ ކުންފުނިން ބުނެފަވަނީ ޑްރޭގަން އިން ރަމްޒުކޮށްދެނީ ކްލަބުގެ ވަރުގަދަކަމާއި ކާމިޔާބީ އާއި ކްލަބުގެ ބާރު ގަދަކަމާއި ކާމިޔާބާ ހަމައަށް ދަތުކުރުމުގެ މިސްރާބު ކަމަށެވެ. ކުޅުންތެރިންނަށް ކަޅުކުލައިން ފަރުމާކޮށްފައިވާ މި ޖާޒީބައިގައި ހިމެނޭ ކީޕަރު ޖާޒީގެ ކުލަޔަކީ އޮރެންޖް ކުލައެވެ.

މިޖާޒީ ރެއާލްމެޑްރިޑުން ބޭނުންކުރާނީ ޗެންޕިއަސް ލީގުގައި އެކަންޏެވެ. އެންމެ ފަހުގެ ޔޫރަޕުގެ ޗެންޕިއަނުން މި ޖާޒީ ބޭނުންކުރާނީ ރަށުން ބޭރުގައި އެޓީމް ކުޅޭ މެޗްތަކުގަ އެވެ.

ރެއާލްގެ އާ ތިން ވަނަ ކިޓް ދައްކާލުމުގެ ރަސްމިއްޔާތުގައި އެޓީމުގެ ޖޭމްސް ރޮޑްރިގޭޒް އާއި ގޯލްކީޕަރު އިކާ ކަސިއަސް އާއި މާސެލޯ އަދި ޒަބީ އޮލޮންސޯ ބައިވެރިވި އެވެ.

މިފަހަރު ޗެންޕިއަންސް ލީގު ދިފާއު ކުރަން ނުކުންނަ ރެއާލް މެޑްރިޑް މިދިޔަސީޒަންގެ ތަށި ކާމިޔާބުކުރީ އަވަށްޓެރި އެތުލެޓިކޯ މެޑްރިޑް އާއި ވާދަކޮށް 4-1 ލަނޑުން މޮޅުވެގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު