އިންޒާރުގެ އެސްއެމްއެސްތައް ފޮނުވާ މީހުން ހޯދިދާނެ: ޕޮލިސް

މިފަހަކަށް އައިސް ކާކުކަން ނޭނގޭ ނަންބަރުތަކުން އެސްއެމްއެސް މެދުވެރިކޮށް އެކި މީހުންނަށް މަރުގެ އިންޒާރު ދެމުން އަންނަ ފަރާތްތައް ހޯދިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައިބާ ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިފާއު ވިދާޅުވީ އިންޒާރުގެ މެސެޖުތައް ފޮނުވާ މީހުން ހޯދިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ އެ އެގޮތުގެމަތިން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ހޯދިދާނެ ކަމަށް. އެގޮތުގެމަތިން މަސައްކަތް ކުރަނީ،" ޝިފާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޒާރުގެ އެސްއެމްއެސްތައް ފޮނުވަމުން އަންނަނީ ކޮމްޕިއުޓަރު އެޕްލިކޭޝަންތަކެއް މެދުވެރިކޮށް ކަމަށާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ގުޅިގެން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިންޒާރުގެ އެސްއެމްއެސްތައް ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ނޫސްވެރިންގެ އިތުރުން ބައެއް މިނިސްޓަރުން ވެސް ހިމެނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު