ކުރީގެ ޕީޖީ މުއިއްޒު ލޯ ފާމެއް އުފައްދަވައިފި

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު "މުއީޒު އެންޑް ކޯ އެލްއެލްސީ" ގެ ނަމުގައި ލޯ ފާމެެއް އުފައްދަވައިފި އެވެ.

މުއިއްޒު މިއަދު ސަންއަށް ވިދާޅުވި ގޮތުގައި ގާނޫނީ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދެވިއިރު ވެސް ލޯފާމެއްގެ ހިޔާލުފުޅު ގެންގުޅުއްވި ކަމުގައި ވިދާޅުވި އެވެ. އަދި ޕީޖީގެ މަގާމުން އިސްތިއުފާދެއްވި ހިސާބުން ފެށިގެން ލޯފާމެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ ކަމަށް ވެސް ވިދާޅުވި އެވެ.

ހަތަރު ގާނޫނީ ވަކީލުންނާ އެކު ހިންގަމުން އަންނަ އެ ލޯފާމުން ކުރިއަށް އޮތް ތަނުގައި އާއިލީ އެކިއެކި މައްސަލަތަކުގަ އާއި ފިޔަފާރީގެ މައްސަލަތަކާއި ތަރިކަމުދަލާއި ގޯތިގޯއްޗާއި ބިންބިމުގެ މައްސަލަތައް ބައްލަވަމުން ގެންދަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް ޖިނާއީ އެއްވެސް މައްސަލައެއްގައި އެ ލޯފާމުން ނުބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ލޯ ފާމުން އެ މައްސަލަތަކުގައި ގާނޫނީ ލަފާދިނުމާއި ކޯޓުތަކުގައި ވަކާލު ކުރުމުގެ މަސައްކަތް ކުރާނެ، ނަމަވެސް ޖިނާއީ މައްސަލަތަކުގައި ލަފާދީ ވަކާލާތު ކުރާ ގޮތަށް އަދި ހަމަޖެހިފައެއް ނުވޭ،" މުއިއްޒު ވިދާޅުވި އެވެ.

ފާއިތުވި ސައުވީސް އަހަރުން ފެށިގެން ގާނޫނީ ދާއިރާގައި ހިދުމަތް ކުރައްވަމުން ގެންދެވި މުއިއްޒު ޕީޖީ ކަމުގެ މަގާމުން އިސްތިއުފާދެއްވީ އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފައި ވަނިކޮށް، ދައުރު ހަމަވުމުގެ އަށް މަސް ކުރިންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު