އާބިޓްރޭޝަން ނުނިމެނީސް ޖީއެމްއާރު މައްސަލައުގައި ވަޒީރަކާ ސުވާލު ނުކުރެވޭނެ: މަޖިލީހުގެ ރައީސް

ވޮއިޑް އެބް އިނަޝިއޯ ކަމަށް ބުނެ ދިވެހި ސަރުކާރުން އުވާލި ޖީއެމްއާރު ކޮންޓްރެކްޓްގެ، މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަންގައި ކުރިއަށް ދަނިކޮށް އެ މައްސަލައާ ގެޅޫ އެއް ވެސް މައުލޫމާތެއް ހޯދުމަށް މަޖިލީހުގެ ތަޅުމުގައި ބަންޑާރަނައިބާ ސުވާލު ނުކުރެވޭނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ކަނޑައަޅުއްވައިފި އެވެ.

ސިންގަޕޫރުގެ އާބިޓްރޭޝަންގައި ކުރިއަށްދާ ޖީއެމްއާރުގެ މައްސަލަ ކުރިއަށްދަނިކޮށް މަޖިލީހުގެ ތަޅުމުގައި ބަންޑާރަނައިބާ ސުވާލު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް ކަނަޑައެޅުއްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަންޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ބަންޑާރަނައިބު މުހައްމަދު އަނިލްއާ ކުރެއްވި ސުވާލާ ގުޅިގެންނެވެ.

މާރިޔާ ބަންޑާރަ ނައިބާ ކުރެއެވި ސުވާލަކީ ވޮއިޑް އެބް އިނިޝިއޯ ކަަމަށް ބުނެ އުވާލި ޖީއެމްއާރް ކޮންޓްރެކްޓް ސައްހަކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަންއިން ނިންމުމާއި ގުޅިގެން އެ ނިންމުން ސަރުކާރުން ގަބޫލުތޯއާއި އާބިޓްރޭޝަންގެ އެވޯޑްގެ ގޮތުގައި ދައްކަވަން ޖެހޭނެ ކަމަށް ލަފާކުރައްވާ ފައިސާގެ އަދަދާއި ގުޅޭގޮތުންނެވެ.

މާރިޔާގެ ސުވާލަށް ޖަވާން ދެއްވަމުން އަނިލް ވިދާޅުވީ އެ މައްސަލައަކީ މިހާރުވެސް ސިންގަޕޫރުގެ އާބިޓްރޭޝްންގައި ކުރިއަށްދާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައިގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވީނަމަވެސް މައްސަލައިގެ ފުރަތަމަ މަރުހަލާ އާއި ދެވަނަ މަރުހަލާއަކީ ގުޅިފައިވާ ދެ މަރުހަލާ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝްގައި ކުރިއަށްދަނިކޮށް އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ އޭގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމެއް ކަަމަށް ގަބޫލުކުރައްވާ ކަަމަށް ބަންޑާރަނައިބް ވިދާޅުވިއެވެ. އަދި މެންބަރު މާރިޔާ ކުރެއްވި އެ ސުވާލަކީ ވަޒީރުންނާއި ސުވާލު ކުރުމުގެ ގާނޫނުގެ ދަށުން ކުރެވޭނެ ސުވާލެއް ނޫންކަމަށައި އެކަމަށް ގޮތެއް ނިންމަވައި ދެއްވުމަށް މަޖިލީހުގެ ރައީސްގެ އަރިހުން ބަނޑާރަނައިބު އެދިވަޑައިގެންނެވި އެވެ.

"އާބިޓްރޭޝަންގެ މަރުހަލާތައް ކުރިއަށްދާތީއާ އާބިޓްރޭޝަންގެ އެންމަެހައި ބައިވެރިންގެ މައްޗަށް އާބިޓްރޭޝަންއާ ގުޅޭ އެންމެހައި މައުލޫމާތުތައް ސިއްރުކުރުމަށް އަދިވެސް ލާޒިމްވެގެންވާތީއާއި މިހާލަތުގައި އެ ކޮންފިޝެންޑަލަޓީއާ ހިލާފްވުމަކީ ކޮންސިޝަން އެގްރިމެންޓް އެ އިހްތިސާސެއްގެ ދަށުގައިވާ އިނގެރޭސީ ގާނޫނުތަކާއި އާބިޓްރޭޝަން ހިނގަމުންދާ ސިންގަޕޫރުގެ ގާނޫނުތަކާއި ތަޢާރުޒްވާ ކަމެއް ކަަމށް ފާހަނގަކުރަން. އަދި ހަމައެހެންމެ ދިވެހިސަރުކާރުން އާބިޓްރޭޝަން އެވޯޑާ ގުޅޭގޮތުން ހާމަކުރާ މައުލޫމާތަކާ ގުޅިގެން ދިވެހިސަރުކާރުން އަދާކުރަން ޖެހޭ ޑިޔުޓީ އޮފް ކިންފިޝެންޑަލެޓީއާއި ހިލާފުވި ކަަމަށް ބަލައި އޭގެ ނަތީޖާއެއްގެ ގޮތުން އެހެން އެތައް ލައިބިލިޓީއެއް ދިވހިސަރުކާރާއި ކުރިމަތިލަން ޖެހުމުގެ ފުރުސަތުއޮތްކަން ފަހަނގަކުރަން އަދި މީގެއިތުރުން އިއްޒަތްތެރި މެންބަރު ކުރައްވާފައިވާ ސުވާލާއި ގުޅިގެން މިހާރުހާމަކުރާ މައުލޫމާތަކީ ހާމަކުރުމުގެ ވަގުތުއައުމުގެކުރިން ހާމަކޮށްފިނަމަ އެކަމުން ނުރަނގަޅު އަސަރެއް ފޯރާފާނެ ފަދަ މައުލޫމާތެއް ކަަމަށްވާތީ މިވަގުތު އެ މައުލޫމާތު ހާމަކޮށްފިނަމަ މިހާރު ހިނގަމުންދާ މައްސަލައަށް އޭގެ ސަބަބުން ނުރަނގަޅު އަސަރެއް ކުރުމުގެ ފުރުސަތު އޮތް ކަމާއި ދައުލަތުގެ މަސްލަހަތައް ބުރުއަރާނެކަން ފާހަނގަކުރަން" އަނީލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވީ ވަޒީރުންނާއި ސުވާލު ކުރުމުގެ ގާނޫނުގެ ދަށުން މެންބަރުން ކުރައްވާ ސުވާލްތަކަށް ވަޒީރުންނަަށް ޖަވާބް ނުދެވޭނެ ޝަރުތުތަކެއް ިކަނޑައަޅުއްވާފައިވާ ކަަމަށެވެ.

އެގޮތުން ޝަރުޢީ ކޯޓެއްގައި ހިނގަމުންދާ މައްސަލައެއް ނުވަތަ އެ މައްސަލަ އެއްގެ މައުލޫމާތު ހަމަކުރުމުން ދިވެހި ދައުލަތައް ގެއްލުން ވެދާނެ ކަމުގެ މައުލޫމާތު ވަޒީރަކަށް ލިބިފައިވާނަމަ އެފަދަ ކަމެއްގެ މައުލޫމާތު ހާމަކުރުން ނުވަތަ އެ މައުލޫމާތެއް ހާމަކުރަންޖެހޭ ވަގުތުގެ ކުރިން އެ މައުލޫމާތެއް ހާމަކޮށްފިނަމަ އެ މައްސަލައަކަށް އަސަރުކުރާނެ ފަދަ މައުލޫމާތެއް ކަަމަށްވާނަ އެ މައުލޫމާތެއް ހާމަކުރުމަށް ނުވަތަ އެ ސުވާލަކަށް ޖަވާބު ދެއްވުމަށް ވިޒާރަށް އިންކާރުކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

އަނިލް ފާހަނގަކުރެއްވި ގާނޫނީ ނުކުތާއަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް މަސީހު ވިދާޅުވީ ވަޒީރު އެ ފާހަނގަކުރެއްވި ނުކުތާތައް ބަލައިގަންނަކަމަށާއި އެހެން ކަމުން ވަޒީރުންނާއި ސުވާލު ކުރުމުގެ ގާނުނުގެ ދަށުން އެ ސުވާލަށް ވަޒީރު ޖަވާބު ދޭން ނުޖެހޭނެ ކަަމަށް ނިންމެވި އެވެ. އަދި އެ ސުވަލަކީ ވަޒީރުންނާއި ސުވާލު ކުރުމުގެ ގާނޫނުގެ ދަށުން ނުކުރެވޭނެ ސުވާލެއް ކަަމަށް ކަނޑައޅުއްވާ ކަަމަށް މަޖިލީހުގެ ރިޔާސަތުން ނިންމާ ކަަމަށް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު