އެސްއީޒެޑް ބިލު ފާސް ކުރަން ޖޭޕީން ތުރީލައިން ވިޕެއް ނެރެފި

ސްޕެޝަން އިކޮނަމިކް ޒޯން (އެސްއީޒެޑް) ބިލް ފާސް ކުރަން ސަރުކާރު ކޯލިޝަނުން ވަކިވެފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޕާލަމެންޓްރީ ގްރޫޕުން ތުރީލައިން ވިޕެއް ނެރެފި އެވެ.
~
އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު "ސަން" އަށް ވިދާޅުވީ އެސްއީޒެޑް ބިލަށް އެ ޕާޓީން ހުށަހަޅާފައިވާ 10 އިސްލާހު ފާސްކުރުމަށް ތުރީލައިން ވިޕެއް ނެރެފައިވާ ކަމަށާއި އެހެން ޕާޓީތަކުން ހުށަހަޅާފައިވާ އިސްލާހުތައް ފާސް ކުރުމަށް "ފްރީ ވިޕެއް" ނެރެފައިވާ ކަމަށެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި އެސްއީޒެޑުގެ ބިލަށް ޖޭޕީން ހުށަހެޅި ބައެއް އިސްލާހުތަކަށް ތާއިދު ކުރައްވާނެ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުން ވިދާޅުވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ވަނީ މުޅި ބިލަށް 'ފެހި' ޖަހަން ނިންމާފައި. އެއީ ތުރީލައިން ވިޕެއް ނެރެފައި. އެ ބޭފުޅުން [ޕީޕީއެމް މަޖިލިސް މެމްބަރުން] ވެސް ވިދާޅުވެފައިވޭ އަޅުގަނޑުމެންގެ [ޖޭޕީގެ] ބައެއް އިސްލާހުތަކަށް އެ ބޭފުޅުން ތާއިދު ކުރައްވާނެ ކަމަށް،" ކިނބިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގައި ހިމެނެނީ 12 މެމްބަރުންނެވެ. ސަރުކާރު ހިންގާ ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ އަދަދަކީ 43 އެވެ. އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދަކީ ފަހެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު