ލަމްޕާޑު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

ސީނިއާ ގައުމީ ޓީމުގެ ޖާޒީގައި 1999 ވަނަ އަހަރު ދަނޑަށް ނުކުތް ލަންޕާޑް ގައުމީ ޓީމަށް ކުޅުން ހުއްޓައިލިއިރު އޭނާ ހިމެނެނީ އިންގްލޭންޑުގެ ޓީމަށް 100އަށް ވުރެގިނަ މެޗު ކުޅުނު މަދު ކުޅުންތެރިންގެ ތެރޭގައެވެ.

ބޮޑު މުބާރާތަކަށް އިނގިރޭސިންގެ ޖާޒީގައި ފުރަތަމަ ފަހަރަށް ލަމްޕާޑު ކުޅެން ނުކުމެފަވަނީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. އެ މުބާރާތުގައި ލަމްޕާޑު ވަނީ އިނގިރޭސި ޓީމަށް ތިން ލަނޑު ކާމިޔާބުކޮށްދީފައިވެ އެވެ.

ގައުމީޓީމަށް މިހާތަނަށް 106 މެޗު ކުޅުނު ލަންޕާޑް އިނގިރޭސި ޓީމަށް އޭނާ ކުޅުނު 100ވަނަ މެޗު ކުޅެފައި ވަނީ ވެންބްލީގައި މިދިޔައަހަރު ނޮވެންބަރުގައި ޔުކްރޭނާ ދެކޮޅަށެވެ.

ރިޓަޔާ ކުރުމަށްފަހު ލަންޕާޑު ބުނެފައިވަނީ، އޭނާގެ މި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށް ވާތީ ގައުމީ ޓީމަށް ކުޅުން ހުއްޓައިލުމުގެ ވިސްނުން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތާހަ މައިން ގެންގުޅެންފަށާއިވާ ކަމަށެވެ. މިހާތަނަށް ގައުމު ތަމްސީލު ކުރި ކޮންމެ މިނިޓެއް ވަރަށް ފަހުރުވެކަމާއި އަދި ޝައުގުވެރިކަމާއެކު ގައުމީ ޖާޒީގައި ކުޅެފައި ވާނެ ކަމަށް ވެސް ލަމްޕާޑު ބުންޏެވެ.

ލަމްޕާޑު އެންމެފަހުން ގައުމީޓީމަށް ކުޅެފައިވަނީ ނިމިދިޔަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑް އާއި ކޯސްޓަ ރިކާ ވާދަކުރި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައެވެ. އެ މެޗުގައި އިނގިރޭސި ޓީމުގެ ކެޕްޓަންކަން ކޮށްފަވަނީ ލަމްޕާޑެވެ.

ލަމްޕާޑު ވަނީ އިނގިރޭސި ގައުމީ ޓީމާއެކު ބޮޑު ފަސް މުބާރާތެއް ތަމްސީލު ކޮށްފައެވެ. ހަ މުބާތާތެއް ކުޅެގެން އެންމެ ގިނަ މުބާރާތް އިންގްލެންޑްގެ ޖާޒީގައި މިހާތަނަށް ކުޅެމުގެ ރެކޯޑް އޮތީ ބޮބީ ޗާލްޓަންގެ އަތުގައެވެ.

އިނގިރޭސި ގައުމީޓީމަށް 15 އަހަރު ދުވަހު ކުޅުނު ލަމްޕާޑު ވަނީ އެޓީމަށް ޖުމުލަ 29 ލަނޑު ޖަހައިދީފައެވެ.

ކްލަބް ފުޓްބޯޅައަށް ބަލާއިރު އެ ކްލަބެއްގައި ލަންޕާޑް އެންމެ ގިނަދުވަހު ހޭދަކުރި ޗެލްސީއަށް ލަންޕާޑް ވަނީ 648 މެޗު ކުޅެ 211 ލަނޑު ޖަހައިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު