އޭއެފްސީ ކަޕް: ޕަރްސިޕޫރާއިން އެންމެ ފަހުގެ ޗެމްޕިއަން މުބާރާތުން ކަޓުވާލައިފި

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި އިންޑޮނޭޝިޔާގެ ޕަރްސިޕޫރާ ޖަޔަޕޫރާއިން އެ މުބާރާތުގެ ވޭތުވެދިޔަ ދެ އަހަރުގެ ޗެންޕިއަން ކުވައިތް ސްޕޯޓްސް ކްލަބު ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް އެޓީމު މުބާރާތުން ކަޓުވާލަފި އެވެ.

އިންޑޮނޭޝިޔާގެ މަންޑަލާ ސްޓޭޑިއަމްގައި ކުުޅުނު މެޗު 6-1 ލަނޑުން ކާމިޔާބުކޮށް ޕަރްސިޕޫރާއިން ސެމީގެ ޖާގަ ކަށަވަރު ކޮށްފައި ވަނީ 8-4 ލަނޑުގެ އެގްރިގޭޓްގެ ނަތިޖާއަކުންނެވެ.

ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގް ކުޅެފައި ވަނީ މިދިޔަ ހަފްތާގައި ކުވައެތުގައެވެ. އެމެޗު ކުވައިތު ސްޕޯޓްސް ކާމިޔާބު ކޮށްފަައި ވަނީ 3-2 ލަނޑުންނެވެ.

ޕަރްސިޕޫރާގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމިގެންދިޔައިރު އެޓީމުން ވަނީ 3-0 ލީޑެއް ހޯދައިފައެވެ.މި މެޗުގައި އެޓީމުގެ އާޖެންޓީނާ ފޯވާޑް ރޮބާޓޯ ގަބްރިއަލް ޕުގްލިއާރީ ތިން ލަނޑު ކާމިޔާބުކޮށްދިނެވެ.

މިހާތަނަށް ތިން ފަހަރުގެ އޭއެފްސީކަޕް ކާމިޔާބުކޮށްފައިވާ ކްވެއިތު ސްޕޯޓްސް މި އަހަރުގެ މުބާރާތާ ކުރިމަތިލީ މުބާރާތުގެ ތަށި ޖެހިޖެހިގެން ތިންފަހަރު ހޯދުމުގެ އުންމީދާއެކު އެވެ.

ޕަރްސިޕޫރާ ޖަޔަޕޫރަވަނީ މިފަހަރުގެ އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ ނުއިރޭޑިއަންޓާ ވާދަކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު