ޓީޗަރަކު ދަރިވަރަކާ "ބެހުނު" ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި

ހދ. ނާވައިދޫ ސްކޫލްގެ ޓީޗަރަކު ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި މައްސަލާގެ ބާވަތުން އެ މައްސަލައާ ބެހޭ ތަފްސީލެއް ދެވެން ނެތް ކަމަށެވެ.

ނާވައިދޫ ކައުންސިލް އިދާރާއިން ބުނީ އެރަށު ސްކޫލް ގުރޭޑް ހައެއްގައި ކިޔަވަމުން އަންނަ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ކުޑަ އަންހެން ކުއްޖާގެ އާއިލާއިން ތުހުމަތު ކުރަނީ އެރަށު ސްކޫލްގެ ޓީޗަރަކަށް ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން ނާވައިދޫ ސްކޫލްގެ ޕްރިންސިޕަލް އަލީ ޝަރީފް މުހައްމަދު ވިދާޅުވީ އެ ސްކޫލްގެ އަންހެން ދަރިވަރަކާ ބެހުނު ކަމަށް ބުނާ ޓީޗަރާ މެދު އަދި އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ.

"އިއްޔެ ޓީޗަރު ކިޔަވައިދޭން ނުކުތް. އެ އަޑު އެރީ އިއްޔެ ރޭ. ޓީޗަރާ މެދު އަދި ވަކި ފިޔަވަޅެއް ނާޅަން. ޓީޗަރު ސްކޫލަށް ނުކުންނާނެ ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ. މެންދުރު ފަހު ޓީޗަރު ނުކުންނަން ޖެހޭނީ،" ޕްރިންސިޕަލް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު