އިނގިރޭސި ލީގު ކަޕުގެ ދެ ވަނަ ބުރުން މެންޗެސްޓާ ކަޓައިފި

އިނގިރޭސި ލީގު ކަޕްގައި މެންޗެސްޓާ ޔުނައިޓެޑާއި ލީގްވަންގެ މިލްޓަންކީނަސް ޑޮންސް އަތުން 0-4 ލަނޑުން ބަލިވެ އިނގިރޭސި ލީގު ކަޕުން މެންޗެސްޓާ އަލް ވަދާއު ކިޔައިފި އެވެ.

ސީޒަންގައި ލީގު މެންޗެސްޓާ ފަށައިފައި ވަނީ ވެސް ބައްޔަކާއެކު އެވެ. އަދި ސަންޑަލެންޑްއާ ދެކޮޅަށް އެންމެ ފަހު މެޗުގައި އެއްވަރު ވުމުން މެންޗެސްޓަގެ ކޯޗަށް ވަނީ ރޭގެ މެޗާއި ކުރިމަތިލީއިރު ވެސް ތަފާތު ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ލީގުކަޕުގައި ރޭގެ މެޗައަށް މެންޗެސްޓާއިން ނެރެފައި ވަނީ ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ސްކޮޑޮކެވެ. އިނގިރޭސީ ލީގު ކަޕުގައި ވެތުވެދިޔަ 19 އަހަރު ތެރޭގައި ދެ ވަނަ ބުރަށް މެންޗެސްޓާ ވަނީ ކުރިމަތިލާފަ އެވެ.

ރޭގެ ކުޅުނު މެޗުގައި މެކްޑޮންސް އިން ފުރަތަމަ ލަނޑާއި ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ވިލްގްރިޖެވެ. ފުރަތަމަ ލަނޑު ޖެހީ މެޗުގެ 25 ވަނަ މިނިޓުގަ އެވެ. ދެ ވަނަ ލަނޑު ޖެހީ މެޗުގެ 63 ވަނަ މިނިޓުގަ އެވެ. ތިން ވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު އެ ޓީމުން ކާމިޔާބުކޮށްދިނީ އާސެނަލްގެ ލޯނެއްގައި އެ ޓީމަށް ދޫކޮށްފަވާ ބެނިކް އަފޯބީ އެވެ.

މެޗެށްފަހު މެންޗެސްޓަގެ ކޯޗު ލުއިސް ވެންހާލް ބުނެފައި ވަނީ މުބާރާތެއްގެ މިހާރު ކުރީ ކޮޅު ކެޓުން އެއީ މާޔޫސްވާން ޖެހޭވަރުގެ ނަތީޖާއެއް ކަމަށާއި މެޗުން މޮޅުވާން ކުޅުންތެރިން ވަރަށް މަސައްކަތް ކުރި ކަމަށެވެ. މި މުބާރާތުން ކެޓުމާއި މިސީޒަންގައި ދެން މެންޗެސްޓަގެ ތަޓެއް ހޯދުމުގެ އުންމީދު އޮތީ ޕްރިމިއަ ލީގާއާއި އެފްއޭ ކަޕުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު