ރިޟުވާނު ގެއްލުނު ހާދިސާ އިންސާފުވެރިކޮށް ތަހުގީގުކުރަން އޭޝިއަން ހިއުމަން ރައިޓްސް ކޮމިޝަނުން ގޮވާލައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟުވާނު ޢަބުދުﷲ ގެއްލުނު ހާދިސާ ވަކިފަރާތަކަށް ނުޖެހި ތަހުގީގު ކުރުމަށް އޭޝިއަން ހިއުމަންރައިޓްސް ކޮމިޝަން (އޭއެޗްއާރްސީ) އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

އެޖަމާއަތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ ކަންކަމުގައި މިހާރަށް ވުރެ ބޮޑަށް ދުރާލައި ފިޔަވަޅު އަޅައި، ވަކި ފަރާތަކަށް ނުޖެހި އެމައްސަލަ ތަހުގީގު ކުރުމަށް ގޮވައިލާ ކަމަށެވެ.

މިނިވަން ނޫހާ ހަވާލާދީ ބަޔާނުގައި ބުނެފައި ވަނީ ރިޟުވާން ބަޔަކު ވަގަށް ނަގާފައިވާ ކަމުގެ ހެކި ގަބޫލުކުރެވޭ މިންވަރަށް އެބަހުރި ކަމަށެވެ. އަދި ބުނީ ރިޟުވާނު ގެއްލުނު ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނަނީ ލަސް ލަހުން ކަމަށް މިނިވަން ނޫހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިޟުވާން ގެއްލިގެން ހޯދަން ފެށީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ހުޅުމާލޭގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އާދީއްތަ ދުވަހު ފުލުހުން ބުންޏެވެ. އަދި އެކަމާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖްތައް ވެސް ބަލަމުން އަންނަ ކަމަށް ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު