"އަންނަ މަހުން ފެށިގެން އާސަންދައިން ލިބޭނީ ހުއްދަދީފައިވާ ލިސްޓުގައި ހިމެނޭ ބޭސްތައް"

އަންނަ މަހުން ފެށިގެން އާސަންދައިގެ ދަށުން ދޫކުރާނީ ރާއްޖެ އެތެރެ ކުރުމަށް މޯލްޑިވްސް ފުޑު އެންޑް ޑްރަގް އޮތޯރިޓީން ހުއްދަދީފައިވާ، އެޕްރޫވް ޑްރަގް ލިސްޓުގައި ހިމެނޭ ބޭސްތައް އެކަނި ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މޯލްޑިވްސް ފުޑު އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ބަދަލާ ގުޅިގެން، ބޭސްފަރުވާއަށް ބޭނުންވާ މުހިންމު ބޭހެއް ނުވަތަ އެޕްރޫވް ޑްރަގް ލިސްޓުގައި ހުރި ބޭހުގެ ތެރެއިން ބޭހެއްގެ ޑޯސޭޖް ފޯމެއް އުނިވިޔަނުދިނުމަށްޓައި އެ ލިސްޓަށް އިތުރުކުރަން ބޭނުންވާ ބޭސް އެ އޮތޯރިޓީއަށް ހުށަހެޅުމުގެ ފުރުސަތު ހުރިހާ ޑޮކްޓަރުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

"މިފަދަ ބޭސް ހުށަހަޅާނީ، މިހާރުވެސް ހަމަޖެހިފައި އޮންނަ އުސޫލުގެ މަތިން ފިޒިޝަން ރިކުއެސްޓް ފޯމަކުންނެވެ،" އެ ބަޔާނުގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު