އެބޯލާ ވައިރަސްގެ ފެތުރެމުންދާތީ ސީރަލިޔޯންގައި ކުއްލި ހާލަތު އިއުލާންކޮށްފި

ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ރޯގާއެއް ކަމަށްވާ އެބޯލާ ވައިރަސްގެ ފެތުރެމުން ދާތީ އެފްރިކާގެ ގައުމެއް ކަމަށްވާ ސީރަލިޔޯންގައި ކުއްލި ޙާލަތު އިއްލާންކޮށްފި އެވެ.

ސީރަލިޔޯންގެ ރައީސް އާނެސްޓް ބާއި ކްރޫމާ ވިދާޅުވީ އެބޯލާ ވައިރަސްގެ ފެތުރެމުންދާތީ އެ ގައުމުގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށާއި ކުއްލި ޙާލަތު އިޢްލާން ކުރީ މި ރޯގާ ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ހަރުކަށި ބައެއް ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން ކަމުގަ އެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިނުވާ ނުރައްކާތެރި ރޯގާއެއް ކަމަށްވާ އެބޯލާ ވައިރަސް އެންމެ ބޮޑަށް ފެތުރެމުންދަނީ ސީރަލިޔޯން، ގާނާ އަދި ލައިބީރިޔާގައި ކަމަށް ޑޮކްޓަރުންގެ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއް ކަމަށްވާ ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުނެ އެވެ. ސީރިލިޔޯންގެ ވަރަށް އިސް ޑޮކްޓަރަކުވެސް އެބޯލާ ވައިރަސް ޖެހިގެން މިހަފްތާގައި ވަނީ މަރުވެފަ އެވެ.

އެބޯލާ ވައިރަސް ޖެހިގެން ސީރަލިޔޯންގައި މިހާތަނަށް 729 މީހުން މަރުވެފައިވެއެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު